ބޮލީވުޑް

ޝާހިދުއާއި މީރާއަށް ފިރިހެން ކުއްޖަކު ލިބިއްޖެ

ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕުތުއަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

މީރާ ވިހެއީ ރޭ 10:45 ހާއިރުގައި މުމްބާއީގެ ހޮސްޕިޓަލެއްގަ އެވެ. މީރާގެ މަންމަ އާއި ޝާހިދުގެ ކޮއްކޮ އިޝާން ކައްޓަރު އަދި ދެ ފަރާތުގެ އާއިލާގެ ބައެއް މެމްބަރުން ވެސް އެ ވަގުތު ހޮސްޕިޓަލުގައި ތިއްބެވެ.

މިއީ އެ ދެމަފިރިންގެ ދެ ވަނަ ދަރިފުޅެވެ. މީގެ ކުރިން ލިބުނީ އަންހެން ކުއްޖެކެވެ. އެއީ މިޝާ ކަފޫރް އެވެ. މިހާރު އެ ކުއްޖާއަށް ދެ އަހަރުވެއްޖެ އެވެ.

ޝާހިިދުއާއި މީރާ ދިމާވީ، ދެއްލީ ޔުނިވާސިޓީގައި މީރާ ކިޔެވި ދުވަސްކޮޅު އެވެ. އެ ދެމީހުން ކައިވެނިކުރީ 2015 ގަ އެވެ.

ޝާހިދު މިހާރު ތައްޔާރުވަމުން އަންނަނީ މި މަހު ރިލީޒްކުރާ އޭނާގެ އާ ފިލްމު "ބައްޓީ ގުލް މީޓާރް ޗާލޫ" ޕްރޮމޯޓުކުރުމަށެވެ. އަދި ފިލްމު "އަރްޖުން ރެއްޑީ" ގެ ތައްޔާރީތައްވެސް އޭނާ ވަނީ ފަށާފަ އެވެ.