ހަބަރު

"އިހަވަންދިއްޕޮޅު ތަރައްގީ ކުރާނީ އިންޓެގްރޭޓެޑް ޕްލޭނަކުން"

ހޯރަފުށިން: އަލީ އަފާފް
Sep 6, 2018
7

އިހަވަންދިއްޕޮޅު ތަރައްގީ ކުރާނެ ޕްލޭނެއް ރާވަމުން ގެންދަވާ ކަމަށާއި އެ ސަރަހައްދު ތަރައްގީ ކުރާނީ އިންޓެގްރޭޓެޑް ޕްލޭނެއްގެ ދަށުން ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގައި ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އިހަވަންދިއްޕޮޅަކީ ޖޯގްރަފީ ގޮތުން ވަރަށް ބޮޑު ފައިދާއެއް ލިބެން އޮތް ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދު ތަރައްގީ ކުރާނީ އެކަމަށް ޝައުގުވެރިވާ ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ކަމަށެވެ.

"އިދިކޮޅުގެ ވެރިކަމުގައި އެބައޮތް ޕްލޭނެއް، އެތަން ތަރައްގީ ކުރެވިގެންދާނީ އިންޓެގްރޭޓެޑް ޕްލޭނެއްގެ ދަށުން، އެތަނުގައި ޓޫރިޒަމާއި ޓްރާންސް ޝިޕްމެންޓް ބަނދަރުފަދަ އޭގެ އެންމެ ފައިދާ ހުރި ގޮތް ދެނެގަނެ އެގޮތަކަށް ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިގެން އެބަދޭ،" އިބޫ ވިދާޅުވި އެވެ.