ވިޔަފާރި

އުރީދޫ ޕޯސްޓްޕެއިޑުގެ ދުވަސްވީ ކަސްޓަމަރުންނަށް ބޮޑު ޑިސްކައުންޓެއް

Sep 6, 2018

އުރީދޫ ޕޯސްޓް ޕެއިޑް ހިދުމަތް ބޭނުންކުރާތާ ގިނަ ދުވަސްވެފައިތިބި ކަސްޓަމަރުންނަށް 15 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ދީފި އެވެ.

އުރީދޫގެ ޑައިރެކްޓަރު އޮފް ސޭލްސް އަދި ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވީ އައު ހިދުމަތްތައް ގެނެސްދިނުމަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށެވެ.

"އައު އަދި އީޖާދީ ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަކީ އުރީދޫ އިން ފެށުނީއްސުރެ އަހަމިއްޔަތުކަންދޭ ކަމެއް. މިގޮތުން، ދިގު މުއްދަތަށް އަޅުގަނޑުމެންގެ ހިދުމަތްތައް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތައް ދެވުމަކީ، އަޅުގަނޑުމެން އުފާކުރާ ކަމެއް،" ނިޔާޒު ވިދާޅުވި އެވެ.

ދިގު މުއްދަތެއްގެ ކޮންޓްރެކްޓް އެއް ހެދުމާއި އެކު، އުރީދޫގެ އެންމެ މަގްބޫލް ޕޯސްޓްޕެއިޓް ޕެކޭޖުތައް ހިޔާރުކުރައްވާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޑިސްކައުންޓް ތަކެއް ވަނީ ތައާރަފްކޮށްފައެވެ.

އުރީދޫން ޑިސްކައުންޓްތައް ލިބިލައްވާނީ އުރީދޫގެ ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ހިޔާރު ކުރެވޭނެ ކަމަށެވެ. ހަމައެއާއި އެކު، އުރީދޫ އިން ވަނީ ކިޔަވާ ކުދިންނަށް ވަރަށް ހާއްސަ އޮފާ އެއްވެސް ތައާރަފު ކޮށްފައެވެ. މިގޮތުން، ހަ މަސް ދުވަހުގެ ކޮންޓްރެކްޓަކާއި އެކު ޕޯސްޓްޕެއިޑް 200، ޕޯސްޓްޕެއިޑް 400، ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ޚިޔާރުކުރައްވާ ބޭފުޅުންނަށް، މަހުފީ އިން 5 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.