ވިޔަފާރި

މާލެ އަތޮޅު އިތުރު ފަޅެއްގައި ޓޫރިސްޓު ރިސޯޓެއް ހަދާނެ ބަޔަކު ހޯދަނީ

Sep 7, 2018
6

މާލެ އަތޮޅުގެ އިތުރު ފަޅެއް ހިއްކައިގެން ޓޫރިސްޓު ހޮޓާ ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށް އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައި ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ފަޅުގައި ރިސޯޓު ހަދަން ކުއްޔަށް ދޫކުރާނީ 50 އަހަރަށެވެ. އަދި ތިން އަހަރު ތެރޭގައި ރިސޯޓު ނިންމަން ޖެހެ އެވެ.

މި ފަޅުގެ ކުއްޔަށް ނަގާ ފަރާތަކުން އެކުއެޒިޝަން ކޮސްޓުގެ ގޮތުގައި ސަރުކާރަށް ހަތަރު މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 129،701.7 ޑޮލަރު ބަހައްޓަން ޖެހެ އެވެ.

މި އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައިވާ ގޮތުން މާލެ އަތޮޅުން 26 ފަޅެއް ޓޫރިޒަމަށް ދޫކުރާނެ އެވެ. މީގެތެރެއިން ގިނަ ފަޅު ތަކެއްގައި މިހާރުވެސް ދަނީ ޓޫރިޒަމްގެ މަސައްކަތްތައް ކުރަމުްނ އެވެ. މީގެތެރޭގައި ބައެއް ތަންތަން މި އަހަރުގެ ފަހުކޮޅު ހުޅުވާނެއެވެ. މިއާއެކު މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 51 ރިސޯޓު ހުޅުވޭނެ ކަަމަށް ސަރުކާރުން ބުނެފައިވެ އެވެ.