ސާފް ސުޒުކީ ކަޕް

ނާއިމް، ޔާމީން ޓީމުން އުނިކޮށްފި

ގައުމީ ސްކޮޑްގައި ތިބި، އެންމެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަހްމަދު ނާއިމް އާއި އަބްދުﷲ ޔާމީން ފައިނަލް ސްކޮޑުން އުނިކޮށްފި އެވެ.

ގަތަރުގެ ޓްރެއިނިން ކޭމްޕް ނިމުމަށް ފަހު، ސާފް ސުޒުކީ ކަޕު ބާއްވާ ބަންގުލަދޭޝްއަށް ޓީމު ދިޔައީ، ސްކޮޑުގައި ތިބި 27 ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިން އުނިކުރުމަށް ފަހު އެވެ. ގަތަރުގައި ޓީމުން ބާކ ކުރި ފަސް ކުޅުންތެރިންނަކީ، އިތުބާރު މިޑްފީލްޑާ މުހައްމަދު އުމޭރު، އީގަލްސްގެ ހަސަން ރާއިފް އަހްމަދު (ހަންނަ)، ޓީސީގެ ދެ ކުޅުންތެރިން ކަމަށްވާ، މުހައްމަދު އައްޒާމް އާއި އަހްމަދު ސާމިރުގެ އިތުރުން، ގްރީން ސްޓްރީޓްގެ ޑިފެންޑަރު ސާއިފް އެވެ.

ސާފް ސުޒުކީ ކަޕުގެ ގަވާއިދުގައި ވާގޮތުން ކޮންމެ ޓީމެއްގެ ސްކޮޑުގައިވެސް ލިސްޓް ކުރެވޭނީ 20 ކުޅުންތެރިންނެވެ. ފައިނަލު ސްކޮޑު ހުށަހެޅުމުގެ އެންމެ ފަހު ދުވަހީ، އެ ޓީމެއް މުބާރާތުގައި ފުރަތަމަ މެޗު ކުޅޭ ދުވަހެވެ.

އެފްއޭއެމުން ކުރިން ބުނެފައި ވަނީ، މުާބާރާތުގައި ރާއްޖެއިން ފޯކަސް ކުރާނީ ގައުމީ ޓީމުގެ އާ ޖީލަށް ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. ސާފް ސުޒުކީ ކަޕަށް ގައުމީ ޓީމު އެކުލަވާލި ފަހުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ގައުމީ ޓީމާ ބައްދަލު ކުރައްވައި، ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކޮށްދިނުމަށް ޓީމުގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ. އޭގެ ފަހުން އެފްއޭއެމުން، މުބާރާތަށް ކަނޑައެޅި ޓާގެޓް މަތި ކުރިމަކަށް ވާހަކަ ދެކެވުނެވެ. ނަމަވެސް އެފްއޭއެމުން ވަނީ އެ ވާހަކަ ދޮގު ކޮށްފަ އެވެ.

ލަންކާއާ ދެކޮޅަށް މެޗު ކާމިޔާބު ކޮށްގެން، ރާއްޖެ އަށް ސެމީ ފައިނަލަށް ދެވޭނެ އެވެ. އިދި ގުރޫޕްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާވެސް ސެމީއަށް ދާނެ އެވެ. ރާއްޖެ އާއި ލަންކާ ކުޅޭ މެޗު މިއަދު ހަވީރު 6:00 ގައި ފަށާނެ އެވެ. އެ މެޗު ޓީވީއެމުން ވަގުތުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.