ހަބަރު

އޮޅިގެން އާ ރަންވޭއަށް އިންޑިއާ ބޯޓެއް ޖައްސައިފި

10

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހަދައި އަދި ނުހުޅުވާ އޮތް ރަންވޭގައި އެއާ އިންޑިއާގެ ބޯޓެއްް އޮޅިގެން ޖައްސައިފި އެވެ. ނުހުޅުވައި އޮތް އާ ރަންވޭ އަށް ޖެއްސީ އެއާ އިންޑިއާގެ އޭ 320ގެ ބޯޓެކެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ މިހާރު އެކުންފުނިން ގެންދަނީ އެކަން ހިނގައިދިޔަ ގޮތް ބަލަމުންނެވެ.

އާ ރަންވޭގައި އެ ބޯޓް ޖެއްސި އިރު ބޯޓް ނުޖެއްސޭ ގޮތަށް ނިޝާންތައް ބޭނުން ކޮށްފައި ހުރި ކަމަށް ވެސް ވެއެވެ. ނިއުދިއްލީން ފުރައިގެން ޓްރިވެންޑްރަމް މަގުން ރާއްޖެ އައި އެ ފްލައިޓް ޖެއްސި އިރު ހުރަހަށް ދަމާފައި އޮތް ފޮތިގަނޑެއްގައި އަޅައިގެންފައިވާ ކަމަށް ވެސް ވެއެވެ.

މި ބޯޓް ޖެއްސި އިރު އެ ރަންވޭގައި އޭ380 ގެ ބޯޓް ޖެއްސުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

މިއަދު މި ހާދިސާ ހިނގި ނަމަވެސް އާ ރަންވޭގެ މައިގަނޑު މަސައްކަތްތައް ވަނީ ނިންމާލާފައެވެ. ރަންވޭ ދަތުރުތަކަށް ހުޅުވަން ނިންމާފައި ވަނީ އަންނަ ޑިސެންބަރު މަސް ތެރޭގައެވެ.