ވިޔަފާރި

ޕިއްޒާބޯނާގެ ޕިއްޒާ ވެސް ބްރިޖު ހުރަސްކޮށްފި!

Sep 8, 2018

ބޮޑު އާބާދީއެއް އޮންނަ ހުޅުމާލެއަށް ޕިއްޒާބޯނާގެ މީރު ކެއުންތައް ގެންދަން ކުރިން ގިނަ ހުރަސްތަކެއް ކުރިމަތިވެ އެވެ. އެންމެ ބޮޑު އެއް ހުރަހަކީ ދަތުރުފަތުރެވެ. ނަމަވެސް މާލެ އާއި ހުޅުލެއާ ދެމެދު އެޅި "ސިނަމާލެ ބްރިޖާ" އެ ކުންފުނިން ޕިއްޒާ މިވަނީ ބުރިޖު ހުސްކޮށް ހުޅުމާލޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭން ފުރުސަތު ލިބިފަ އެވެ. ފުރަތަމަ ޕިއްޒާ އިއްޔެ ވަނީ ބްރިޖު ހުރަސްކޮށްފަ އެވެ.

"މިހާރު ގުޅައިލުން އަޅުގަނޑުމެން ހުޅުމާލެއަށް ގެންގޮސް ދޭނަން. އެހެންވެ މިއީ ލިބިގެންދާނެ ވަަރަށް ބޮޑު ލުޔެއް،" ޕިއްޒާބޯނާގެ އޮފިޝަލެއް ވިދާޅުވި އެވެ.

ސަމްބެރިން އާއި ޕިއްޒާގެ މީރު ގިނަ ރަހަތަކެއް ފޯރުކޮށްދޭ ޕިއްޒާބޯނާއިން ދަނީ ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަކޮށް، އެ ސިޓީގައި ތަނެއް ހުޅުވަން ވެސް ތައްޔާރުވަމުންނެވެ.