ވިޔަފާރި

ޕިއްޒާބޯނާ ހުޅުމާލޭގައި މިއަދު ކުޑަ ކުދިންގެ ހަވީރެއް

Oct 19, 2018

ޕިއްޒާބޯނާ ހުޅުމާލެ އައުޓްލެޓުން، ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވާނެ އެވެ.

ޕިއްޒާބޯނާ އިން ބުނީ ހުޅުމާލެ ނިރޮޅު މަގު (18 ނަމްބަރު ގޯޅީ) ގައި ހުޅުވާފައިވާ އައުޓްލެޓް ކައިރީގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. މިގޮތުން ހިލޭ ޕިއްޒާ ރަހަ ދެއްކުން ކުރިއަށް ގެންދާއިރު، ރޮބޯމެންގެ ހާއްސަ ހަރަކާތެއް ވެސް އޮންނާނެ ކަމަށެވެ.

ޕިއްޒާބޯނާ ހުޅުމާލެއިން މާލެއެކޭ އެއްގޮތަށް މީރު ޕިއްޒާ އާއި ސަމްބެރިން ފޯރުކޮށްދެ އެވެ. ހުޅުމާލެ ކަސްޓަމަރުން ޕިއްޒާ އޯޑަރު ކުރަން ގުޅާނީ 3359779 ނުވަތަ ޕިއްޒާބޯނާގެ މޮބައިލްއެޕް މެދުވެރިކޮށް އޮންލައިން އޯޑަރު ކުރެވޭނެ އެވެ.