ދުނިޔެ

ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

Sep 8, 2018

ރިއޯ ޑިޖެނޭރޯ (ސެޕްޓެމްބަރު 8) - ބްރެޒިލްގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ބެލެވޭ ކެންޑިޑޭޓު ޖައިރު ބަލްސޮނާރޯއަށް ކެމްޕެއިން ހަފްލާއެއްގެ ތެރެއިން ވަޅިން ހަމާލާދީ ޒަހަމްކޮށްލައިފި އެވެ.

ބުރާސްފަތި ދުވަހު ދިން ހަމާލާގައި ހަށިގަނޑުގެ 40 ޕަސަންޓު ލޭ މަދުވެފައިވާކަމަށާއި، ބަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ނަމަވެސް، އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް އާއިލާ އިން ބުނެފައިވެ އެވެ.

އާއިލާ އިން އިތުރަށް ބުނީ ޖައިރުގެ ހާލުކޮޅު ރަނގަޅު ނަމަވެސް، އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ކެމްޕެއިން ކުރިއަށް ގެންދަން ނުކުމެވަޑައިނުގެންނެވޭނެ ކަމަށެވެ.

އަންނަ މަހު ބޭއްވޭ އިންތިހާބުގައި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ދަ ސިލްވާއަށް ވާދަނުކުރެއްވޭނެ ކަމަށް، ޖައިރަށް އޮތް ފުރުސަތު ވަރަށް ބޮޑުކަމަށް ދާދި ފަހުން ނެގި ޕޯލަކުން ވަނީ ދައްކާފަ އެވެ.

ލޫލާއަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އޭނާއަށް އިންތިހާބުގައި ވާދަކުރެއްވޭނެ މަގު އޮތީ ބަންދުވެފަ އެވެ.

ނަމަވެސް، 2003 ވަނަ އަހަރުންް ފެށިގެން 2011 ވަަނަ އަހަރާ ހަމައަށް ބްރެޒިލްގެ ރައީސްކަން ކުރެއްވި ލޫލާ ގެންދަވަނީ އިންތިހާބުގައި ވާދަކުރައްވަން މަސައްކަތް ކުރައްވަމުންނެވެ.

ޖައިރަށް ހަމާލާދިން މީހާއަކީ ލޫލާގެ ސަޕޯޓަރެއް ކަމަށާއި، ސޯޝަލް މީޑިއާގައި ޖައިރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ މީހެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހަމާލާގެ ސަބަބުން، ޖައިރުގެ މަގުބޫލުކަން މިހާރަށްވުރެ އިތުރުވެދާނެކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފަ އެވެ.