ހަބަރު

ގަން ތުނޑީ އަވަށު ބަނދަރު ރައީސް ހުޅުއްވައިދެއްވައިފި

Sep 8, 2018
1
0%
0%
0%

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހައްދުންމަތީ ގަމު ތުނޑީ އަވަށުގައި ތަރައްގީކޮށްފައިވާ ބަނދަރު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހަވީރު ގަމުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ވަނީ އެރަށުގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަށްޓަކައި ހާއްސަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިލަދެއްވައިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ހިދުމަތް ފަށްޓަވައިދެއްވައި، ލ. މާބައިދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވައިފައިވެއެވެ.

މީގެ އިތުރުން، ރައީސްގެ މި ދަތުރުފުޅުގައި، ލ. ފޮނަދޫ ފެނުގެ ހިދުމަތް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345