ހަބަރު

ހަފުތާއެއްގެ ތެރޭގައި ގަމުން 400 ގޯތި ދޫކުރަނީ

ގަމުގެ ރައްޔިތުންތަކެއް: ރައީސް ވަނީ 400 ގޯތި ދޫކުރައްވާނެ ކަމަށް ވިދާޅުވެފަ
33.3%
50%
16.7%

ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ލ. ގަމުން 400 ގޯތި ދޫކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ބިމުގެ ގޮތުން އެންމެ ބޮޑު ރަށް ކަމަށްވާ ގަމަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގަމަށް އެންމެ ދަތިވެފައިވާ މައްސަލައަކީ ރަށުގައި ބިން އޮތް ނަމަވެސް އެ ބިމުގައި ގޯތި ކަނޑާފައި ނުދެވޭ މައްސަލަ ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދަވައިދެއްވަން ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑު އެކަން ނިންމާފަ މިއައީ، އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި ގަމުން 400 ގޯތި ދޫކުރުމުގެ ކަންކަން ހަމަޖެހިގެން ދާނެ، ފޯމް ނަންގަވާ، ހުށަހަޅުއްވާ، އެ ގޯތިތައް ނެގުމަށް އިންތިޒާރުގަ ތިބި މީހުން ހަފުތާއެއްގެ ތެރޭގައި މިކަން ކަށަވަރު ކުރައްވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ތަރައްގީއަކީ ކޮންކްރީޓް ކަމަށާއި ކޮންކްރީޓާ ނުލާ ތަރައްގީ ނުގެނެވޭނެ ކަމަށެވެ. ގޯތިތައް ދޫކުރުމުން އެތަނުގައި ގެދޮރު ބިނާ ކުރަން ޖެހޭނީ ވެސް ކޮންކްރީޓްކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ކޮންކްރީޓް ތަރައްގީއާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ރައީސް ވަނީ ފާޑުވިދާޅުވެފަ އެވެ.

"ކޮންކްރީޓް ތަރައްގީ ދެކެ މި އަންނަ ރުޅިއެއް އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނު، ތަރައްގީއަކީ ކޮންކްރީޓް، ކޮންކްރީޓުން މި އަންނަނީ އަޅުގަނޑުމެން ބޭނުންވާ ތަރައްގީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ތަރައްގީގެ ބިޔަ ހުވަފެންތައް ރައްޔިތުން ދެކުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ކަންކަން ހާސިލް ކުރެވޭނީ ހުވަފެން ދެކިގެން ކަމަށެވެ. ގަމަށް މި ސަރުކާރުގައި އައިސްފައިވާ ބޮޑެތި ތަރައްގީތައް ފާހަގަކުރައްވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ނޫން އެހެން މީހަކަށް ގަމުން އަގުލަބިއްޔަތު ލިބެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޒަމީރު

ހަމަކުއްލިއަކަށްމަތިންލިބުނު400ގޯތިތޯ

ޙަސަނު

ހަމަދެނީތަ؟މިރާއްޖޭގެ ހުރިހާ ބިމަކާ މުދަލެއްގެ ވެރިންނަކީ މިގައުމުގެ ރައްޔިތުން. ތި ބިންތައް ކައުންސިލް ތަކުން ރައްޔިތުންނަށް ދޭގޮތަށް އޮތްނަމަ މިހާރު ހުންނާނީ ދީ ނިމިފަ. ތިވެސް ކޮންމެވެސް ބަޔަކު ބިންތަކެއް ބޭނުންވެގެން ރައީސްލައްވާ ކުރުވާ ކަމަކަށް ނުވެއްޖެއްޔާ ރަގަޅު.

މަ މިއު މަ

ގަން އެއީ މިގައުމުގަ އޮތް އެންމެ ބޮޑު ރަށް އެކަމަކު އެއްވެސް އުސޫލެއްގެ ދަށުންނެށެ ނޫން ގޯތި ދީފަ ހުރީ. ތަން ކޮޅެއް މަގުތަކާ އެއްޗިހި ޕްލޭން ކޮއްގެން ކުރާނަމަދޯ؟ އެހައް ބޮޑު ސާރވޭ ހަދާބަލަ ކުރިއައް އޮތް ތަނުގަ ވެސް ގޯތިދީ ކަންކަން ކުރާނެ ގޮތާ ދޭތެރޭ

ސިޔާސީ

ހިތްނުފުރަޭ އަމިއްލަ އެދުންބޮޑު ދިވެހިން... ޝުކުރުވެރި ވާނީ މިމީހުން ކޮންކަމަކަށް... މަމިހާރު ބޭނުންވަނީ ޔާމީނު ބާލާފަ ތިޔަބުނާ އިޚްލާސްތެރި ސަރުކާރުން މިތާކޮއްދޭހާ ކަންކަން މީހުން ބަލައިގަންނަތަން ބަލަން...(ކޮއްދެވުނިއްޔާތާދޯ) އެހެންޏަ... ލާމު އަތޮޅު ފުރިފަ އެމްޑީޕީ މީހުން ނުހައްގުން ނަގާފަ ހުރި ގޯތިތައް ... އެތަން ފެންނަމީހަކުނެތް... ވަގޭ ވަގޭ ގޮވާއިރު މިވަކި ކޮންބައެއް

ގެވަޅު

ދައުލަތުގެ ބިން ވޯޓަށްވީމަ

ޚާލިދު

ޝުކްރިއްޔާ އިބޫ .. ގޯތި ދޫ ކުރާ ވާހަކަ އިބޫ ބުނުމާ އެކު ޔާމީނު ގޯތި ދޫކުރަން އެ ފެށީ ..

ލލ

ވޯޓް ހޯދަން އުޑުން ތަރިބާލަ ދިނަސް ވޯޓް ލިބޭނީ ވޯޓް ދިނިއްޔާ !

ހަސަނުގ

ގޯތި ދިނީމަ ވީދޯ. ގެއަޅަން ލާރި ކޮބާ؟ ގޯތި އެބައޮތް މިހާރުވެސް. ލާރިއެއްނެތް. 1 މިލިޔަން ދީބަލަ. ހެޔޮ ނުވާނެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345