ހޮލީވުޑް

ދި ރޮކްގެ ބައްޕަގެ ހަޔާތަށް ފިލްމެއް

ދި ރޮކްގެ ގޮތުގައި މަޝްހޫރުވެފައިވާ ހޮލީވުޑްގެ އެކްޝަން ހީރޯ އެކްޓަރު ޑުވޭން ޖޯންސަންގެ ބައްޕަ، ރޮކީ ޖޯންސަންގެ ހަޔާތަށް ފިލްމެއް ހެދުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފި އެވެ. މިކަން ހާމަކުރީ ކެނެޑާގައި މިހާރު ކުރިއަށްގެންދާ ޓޮރޮންޓޯ ފިލްމު ފެސްޓިވަލުގެ ތެރެއިންނެވެ.

ފިލްމަށް ދީފައިވާ ނަމަކީ "ރިންގް ރިންގް" އެވެ. ރޮކީއަކީ ކެނެޑާއަށް ނިސްބަތްވާ ރެސްލިން ސުޕަސްޓާރެކެވެ. މިހާރު ރިޓާޔާ ކޮށްފައިވާ ރޮކީގެ އުމުރަކީ 73 އަހަރެވެ.

މި ފިލްމު ތައްޔާރު ކުރަނީ ޓޮރޮންޓޯގެ ފިލްމު އުފެއްދުންތެރިން ކަމުގައިވާ ޖޮނަތަން ގަޖުސްކީ އާއި ޖަސްޓިން ގަޖުސްކީ ގުޅިގެންނެވެ. އެ ދެ މީހުންނަކީ އެއްމާބަނޑު ދެ މީހުންނެވެ. މި ފިލްމު އުފައްދަނީ އެ ދެ މީހުންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ޖޭޖީ ބްރަދާސްގެ ކުޑައިގެ ދަށުންނެވެ. ފިލްމުގެ ސްކްރީންޕްލޭ ވެސް ތައްޔާރުކުރަނީ އެ ދެ މީހުންނެވެ.

ރެސްލިންގެ ވޯލްޑް ޗެމްޕިއަނެއް ކަމުގައިވާ ރޮކީ ރެސްލިން ކުރަން ފެށީ 1964 ވަނަ އަހަރުގަ އެވެ. އޭރު އޭނާ ދިރިއުޅުނީ ވެސް ޓޮރޮންޓޯގަ އެވެ. އަދި އޭނާއަކީ ޑިމާންޑު ބޮޑުވެގެން، ރެސްލިންގެ ކޮންޓްރެކްޓެއް ލިބުނު ފުރަތަމަ ކަޅު ނަސްލުގެ މީހާ އެވެ.