މީރާ

އުނގޫފާރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

Sep 10, 2018

ރ. އުނގޫފާރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

އުނގޫފާރު ކަލެކްޝަން ސެންޓަ ހުޅުއްވައި ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ރ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދެވެ. އުނގޫފާރު ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް ގާއިމު ކުރި އިދާރާއެކެވެ.

ކޮމިޝަނާ ޖެނެރަލް ވިދާޅުވީ މި ސެންޓަރާއެކު ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ގާތުން ލިބި، އެ ފަރާތްތަކަށް ބޭނުންވާ އެހީރެތެރިކަން ފަސޭހަކަމާއި އެކީ ފޯރުވައިދެވޭނެ ކަމަށާއި އެއްވެސް ހާލެއްގައި ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި ވިޔަފާރިތަކަށް ދަތިކޮށް، ނުއުފުލޭވަރުގެ ބުރަ ޖެއްސުމަކީ މީރާގެ މަގްސަދެއް ނޫންކަމަށެވެ. ކުދި ވިޔަފާރިތަކަށް ޤާނޫނާ ގަވާއިދުގެ ތެރެއިން ދެވެންހުރި ހުރިހާ ލުއިތަކެއް ދީ، އެހީތެރި ވެދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގަމުންދާ ޚާއްސަ ކެމްޕޭނުގެ ދަށުން، އޮކްޓޯބަރު 27 ގެ ނިޔަލަށް ޓެކުހާ ގުޅޭ އެންމެހާ ޖޫރިމަނާތައް މާފު ކޮށް ދެމުން ގެންދަވާކަން ކޮމިޝަނަ ޖެނެރަލް ފާހަގަކުރެއްވިއެވެ.