ކުޅިވަރު

ރޮނާލްޑޯ ނެތި ޕޯޗުގަލުން އިޓަލީ ބަލިކޮށްފި

ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ޕޯޗްގަލުން އިޓަލީ ބަލިކޮށްފި އެވެ. މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.

ޔޫއެފްއާ ނޭޝަން ލީގްގައި ލީގް އޭ ގައި ގުރޫޕް ތިނެއްގެ ފުރަތަމަ ދެ މެޗަށް ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމެނިފައެއް ނުވެ އެވެ. އޭނާ ނެތުމުން، ޓީމުގެ ކެޕްޓަންކަން ކުރީ ޕެޕޭ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޮރޮއޭޝިއާ ދެކޮޅަށް ކުޅުނު މެޗަކީ ޕެޕޭ ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗެވެ. ރޭގެ މެޗުގައި ޕެޕޭއަށް ލިބުނީ ރީތި ނަމެއް ނޫނެނެވެ. ރޭގެ މެޗުގައި އޭނާއަށް ރީނދޫ ކާޑު ދެއްކުމުން، އޭނާ އަށް ވަނީ މިހާރު 100 ރީނދޫ ކާޑު ދައްކާފަ އެވެ.

މިދިޔަ ހުކުރު ދުވަހު އިޓަލީން ޔޫއެފްއާ ނޭޝަން ލީގް ފެށީ، ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗެ ނިމުނީ 1-1 ންނެވެ. އިޓަލީގެ ކޯޗް ރޮބާޓޯ މަންޗިނީ އެ މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދިން ކުޅުންތެރިންގެ ތެރެއިން ޕޯޗްގަލް މެޗުގައި ފުރަތަމަ 11 އިން ފުރުސަތު ދިނީ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ އާއި ޖޯޖީނިއޯ އެވެ.

ޕޯޗްގަލްގެ ހަމައެކަނި ލަނޑު މެޗުގެ 48 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަންޑްރޭ ސިލްވާ އެވެ. ނަމަވެސް އިޓަލީއަށް ޕޯޗުގަލްގެ ގޯލް ފޫއަޅުވާ ނުލެވުނެވެ.