ބޮލީވުޑް

ކުޗް ކުޗް ހޯތާ ހޭގެ ސީކުއެލްއަށް ނަގާނީ މި ތަރިން

"ކުޗް ކުޗް ހޯތާ ހޭ" ގެ ދެ ވަނަ ބައެއް ގެނެސްދޭނަމަ އެ ފިލްމަށް ނަގާނީ ޖާންވީ ކަޕޫރް، ރަންވީރް ސިންހު އަދި އާލިއާ ބަޓްކަމަށް ކަރަން ޖޯހަރް ބުނި --
0%
0%
0%

ކަރަން ޖޯހަރް 1998 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ އޭނާގެ އަލަތު ޑައިރެކްޝަނެވެ. އަދިވެސް ގިނަ ބައެއް ހިތްތަކުގައި ރަސްކަންކުރަމުން އަންނަ އެ ފިލްމުގައި ލީޑުން ފެނިގެންދިޔައީ ޝާހުރުކް ޚާން، ކާޖޮލް އަދި ރާނީ މުކަރްޖީ އެވެ.

ކަރަން މިހާރު އަންނަނީ އޭނާގެ ރޭޑިއޯ ޓޯކް ޝޯ، "ކޯލިން ކަރަން" ގެ ދެ ވަނަ ސީޒަން ހޮސްޓުކުރަމުންނެވެ. އިޝްގް އެޕްއެމްއިން ގެނެސްދެމުން އަންނަ އެ ޝޯގައި ވާހަކަދައްކަމުން ކަރަން ބުނީ "ކުޗް ކުޗް ހޯތާ ހޭ" ގެ ސީކުއެލް ގެނެސްދޭނަމަ އެ ފިލްމުގައި ލީޑުން ފެނިގެންދާނީ ރަންބީރް ކަޕޫރް، އާލިއާ ބަޓް އަދި ޖާންވީ ކަޕޫރް ކަމަށެވެ.

އާލިއާ ބޮލީވުޑަށް ތައާރަފުކޮށްދިނީ ކަރަން އެވެ. އެއީ އޭނާގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ. ޖާންވީ ބޮލީވުޑަށް ތައާރަފުވި ކަރަން ޕްރޮޑިއުސްކުރި ފިލްމު "ދަޅަކް" އިން މި އަހަރު އެވެ. އަދި ރަންބީރް މިހާރު އަންނަނީ ކަރަންގެ ޕްރޮޑަކްޝަން ހައުސް، ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު "ބްރަހަމަސްތުރާ" ގައި މަސައްކަތްކުރަމުންނެވެ.

"ކުޗް ކުޗް ހޯތާ ހޭ" ގެ ލަވައެއް.

މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ކަރަން ވަނީ "ކުޗް ކުޗް ހޯތާ ހޭ" ގެ ސީކުއެލް ގެނެސްދީފާނެ ކަމުގެ އިޝާރާތްތައް ދީފަ އެވެ. ނަމަވެސް އެ ހަބަރު ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345