ބޮލީވުޑް

ދަބަންގު 3 އަންނަ އަހަރު ގެނެސްދެނީ

ސަލްމާން ޚާން އާއި ސޮނާކްޝީ ސިންހު ލީޑުން ފެނިގެންދާ ފިލްމު "ދަބަންގް" ގެ ތިން ވަނަ ފިލްމު އިއުލާނުކޮށްފި އެވެ. މި ފިލްމު އިއުލާނުކުރީ ފިލްމު "ދަބަންގް" އަށް، 8 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ.

ސަލްމާން އާއި ސޮނާކްޝީ އެ ދެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އާންމުކުރި ޕޯސްޓުތަކުގައި ބުނެފައި ވަނީ މި އަހަރު ފަހުކޮޅުގައި މި ފިލްމުގެ މަސައްކަތައް ފަށާނެ ކަމަށާއި އަދި އަންނަ އަހަރު ފިލްމު ރިލީޒްކުރާނެ ކަމަށެވެ.

"ދަބަންގް އަށް 8 އަހަރު މިވީ، އެންމެން ތިދޭ ތަރުހީބަށް ޝުކުރިއްޔާ، ރާޖޯ އާއި ޗުލްބުލް ޕާންޑޭގެ ފަރާތުން އެންމެނަށް ލޯބި ފޮނުވަން، އަންނަ އަހަރު ދަބަންގް 3 އަށް އެންމެން އަންނާނެކަމަށް އުއްމީދުކުރަން،" ސަލްމާން އިންސްޓަގުރާމްކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

"ދަބަންގް" އަކީ ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން އެންމެ ފުރަތަމަ ޕްރޮޑިއުސްކުރި ފިލްމެވެ. އަދި "ދަބަންގް 2" އަކީ އަރްބާޒް އެންމެ ފުރަތަމަ ޑައިރެކްޓުކުރި ފިލްމެވެ. ފުރަތަމަ ފިލްމު ޑައިރެކްޓުކުރީ އަބީނާވް ކަޝްޔަޕް އެވެ.