ފެޝަން

އެންމެ ރީތި ހެދުން ތުރުކުރައްވަނީ މޭގަން މާކަލް

މި އަހަރު އެންމެ ރީތިކޮށް ހެދުން ތުރުކުރެއްވި އަންހެން ބޭފުޅަކީ، އިނގިރޭސިވިލާތުގެ ޝާހީ ދަރިކަލުން ޕްރިންސް ހެރީގެ އަނބިކަނބަލުން، މޭގަން މާކަލް ކަމަށް ޕީޕީލަސް މެގަޒިންއިން ބުނެފި އެވެ. މިއީ ޝާހީ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެއްގެ ނަން، ޕީޕާލްސް މެގަޒިންގެ އެންމެ ރީތިކޮށް ހެދުން އަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

ޕްރިންސް ހެރީ 33، މޭގަން 37، އާއި ކައިވެނި ބައްލަވައިގަތީ މިދިޔަ މެއި މަހު އެވެ. އެ ކައިވެނި ހަފްލާ ވެގެންދިޔައީ އަހަރުގެ އެންމެ ބޮޑު ކައިވެންޏަށެވެ.

"ޝާހީ ދަރިކޮޅަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު އަދި މި ލިސްޓުގައި ނުހިމަނާއި، މުޅިންވެސް ހޮލީވުޑްގެ ފަންނާނުންގެ ނަންނަތައް އޮންނާނީ، އެކަމަކު މިފަހަރު މޭގަންގެ ނަން މި ލިސްޓުގައި ނުހިމަނާއި ނުވީ، ހެދުން ތުރުކުރެއްވުމުގައި އެކަމަނާ ގެންގުޅުއްވަނީ ފުރިހަމަ ސްޓައިލެއް،" ޕީޕަލްސް މެގަޒިންގެ ސްޓައިލް އެންޑް ބިއުޓީ ޑިރެކްޓަރް އެންޑިރާ ލެވިންތަލް ބުންޏެވެ.

އެމެރިކާގެ ކެލިފޯނިއާއަށް އުފަން، މޭގަން މާކަލް މަޝްހޫރުވީ އެމެރިކަން ޓީވީ ސީރީޒް "ސޫޓްސް" އިންނެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ޕްރިންސް ހެރީއާއި އެންގޭޖުވުމަށްފަހު ވަރަށް ގިނަ މެގަޒިންތަކާއި އަދި ނޫސްތަކުގައި އެކަމަނާ ފީޗާކޮށްފައިވެ އެވެ. އެ ދެބޭފުޅުންގެ ކައިވެނި ހަފްލާވެސް އެތައް މިލިއަން ބަޔަކު ވަނީ ބަލާފަ އެވެ.

ތަފާތު އެކި ސްޓައިލްތަކުގެ ހެދުންތައް މޭގަން ތުރުކުރައްވަ އެވެ. މުޅިންވެސް ތުރުކުރައްވަނީ ޑިޒައިންޑް ހެދުންތަކެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޝާހީ ކަނބަލުން ހެނދުން ތުރުކުރައްވާ ސްޓައިލަށްވެސް ހެދުން ތުރުކުރައްވަ އެވެ. އެކަމަކު ގިނަ ފަހަރަށް ހުންނަނީ ޝާހީ ސްޓައިލުގެ ހެދުންތައް ޒަމާނީގޮތަކަށް ބަދަލުކޮށްލައިގެން ތުރުކުރައްވައިގެންނެވެ.

މީގެ ކުރިން ޝާހީ ކަނބަލުން ހެދުން ތުރުނުކުރައްވާ ސްޓައިލުތަކަށްވެސް މޭގަން ހެދުން ތުރުކުރައްވަ އެވެ.