ހަބަރު

ތިމާވެށި ފޮޓޯ މުބާރާތުގެ ވަނަތަކަށް އިނާމުދީފި

Sep 12, 2018

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައި ހުޅުވާލި ފޮޓޯގްރަފީ މުބާރާތުގެ ވަނަތައް ހޮވައި އިނާމު ދީފި އެވެ.

މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ބައްސަވައިދެއްވީ އެންވަޔަރަންމެންޓް މިނސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާ އެވެ.

"ދެމެހެއްޓެނިވި ތަރައްގީއަކަށް ދިރޭތަކެތީގެ ނަސްލު" މި މައުލޫއަށް މުބާރާތުގައި ފޮޓޯތައް ހުށަހަޅާފައިވަނީ
"މުރަކައިގެ ފަރުތަކުގެ ދިރުން" މި ކެޓަގަރީ އާއި "ތިމާވެއްޓަށް ކުރާ އަސަރުތައް" މި ކެޓަގަރީއަށެވެ.

މުބާރާތުގެ 1 ވަނަ އަށް 10,000 ރުފިޔާގެ އިނާމު ދީފައިވާއިރު ދެވަނަ އަށް 7،500 ރުފިޔާގެ އިނާމު ދިނެވެ. އަދި ތިން ވަނަ އަށް 5,000 ރުފިޔާގެ އިނާމު ދިނެވެ.

މުރަކައިގެ ފަރުތަކުގެ ދިރުން މި މައުލޫއު ގެ ދަށުން މި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ޢަބްދުލް އަލީމެވެ. އެ ކެޓެގަރީން ދެވަނަ ޙާސިލުކޮށްފައިވަނީ މަރިޔަމް އަމަލް އަބްދުﷲ ނިޔާޒެވެ. އެ ކެޓެގަރީން ތިން ވަނަ ހާސިލުކޮށްފައިވަނީ ޢަބްދުލް އަލީމެވެ.

"ތިމާވެއްޓަށް ކުރާ އަސަރުތައް" މި ކެޓެގަރީގެ އެއް ވަނަ ހާސިލުކޮށްފައިވަނީ ވެސް އަބްދުލް އަލީމެވެ. އަދި މި ކެޓެގަރީން ދެވަނަ ވެސް ޢަބްދުލް އަލީމް ހާސިލުކޮށްފައިވާއިރު ތިން ވަނަ ހާސިލުކޮށްފައިވަނީ ހުސެއިން ނިޔާޒެވެ.