ވިޔަފާރި

ކްރައުން ޗަމްޕާ ކުންފުނީގެ އާ ދެ ރިސޯޓު މި އަހަރު ހުޅުވަނީ

Sep 13, 2018
7

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މަގުބޫލު އެއް ނަން ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ އާ ދެ ރިސޯޓު ޑިސެމްބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މޯލްޑިވްސް އިންސައިޑާއިން ބުނީ ތަފާތު ހިތްގައިމު ގިނަ ކަންތައްތަކެއް ހިމެނޭ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑާއި އިންނަ ހުރާ ޅ. އަތޮޅުގައި ޑިސެމްބަރު މަހު ހުޅުވާނެ ކަމަށެވެ.

މޫދު އަޑީގެ ރެސްޓޯރެންޓަކާއެކު، ރިސޯޓު ހިންގަމުން ގެންދާ ހުރަވަޅި މޯލްޑިވްސްގެ، ކުޑަދޫ ޕްރައިވެޓް އައިލެންޑަކީ މިހާތަނަށް ރާއްޖޭގައި ތަރައްގީކުރާ އެންމެ ފެންވަރު މަތީ ޕްރައިވެޓް އައިލެންޑަށްވާނެ އެވެ. މި ރިސޯޓުގައި ހަދާފައިވާ މޫދު ވިލާތަކަކީ އެއް ކޮޓަރިއާއި ދެ ކޮޓަރީގެ ތަންތަނެވެ. މިތަން ނަގާ މީހުންނަށް ބަޑްލާ ސާވިސް ވެސް ލިބެ އެވެ. އަދި މި ވިލާތަކުގައި ޕްރައިވެޓް ޕޫލް ވެސް ހުރެ އެވެ. މި ޕްރައިވެޓް އައިލެންޑުގައި ހިމެނޭ ބައެއް ހިދުމަތްކުގެ ތެރޭގައި ކޮންމެ ވިލާއެއްގައި 54 އިންޗީގެ ޓީވީއަކާއި އެންމެ ފަހުގެ ޗެނަލްތަކާއެކު ފިލްމު ބެލޭނެ ވަސީލަތް އަދި ހުރިހާ ލައިޓެއް އޮޓަމެޓިކުން ނިވި ދިއްލޭ ގޮތަށް ހުރުމުގެ އިތުރުން ބަޓްލާ ސާވިސް ވެސް ލިބެ އެވެ.

ކްރައުން ޗަމްޕާ ކުންފުނިން ޅ. އަތޮޅުގައި ހުޅުވާ އަނެއް ރިސޯޓު ކަމަށްވާ އިންނަހުރާގައި 41 ކޮޓަރި އާއި އިރު އޮއްސޭ މަންޒަރު ފެންނަ 33 ކޮޓަރި ހުރެ އެވެ. މި ރިސޯޓު ހަދާފައިވަނީ މާލެ އިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުން ދެވޭ ހިސާބުގަ އެވެ.

ސަރުކާރުން ވަނީ އަހަރު ނިމެންވާއިރަށް 51 ރިސޯޓެއް ހުޅުވާނެ ކަމަށް ބުނެފަ އެވެ. މިއާއެކު އެނދުގެ އަދަދު ބައި ލައްކައަށް އަރާނެ އެވެ.