ހަބަރު

އެމްޑީޕީއަށް އާޓިފިޝަލް ބީޗު ދޫނުކުރަން ނިންމައިފި

Sep 13, 2018
2
މާލެ، 30 އޯގަސްޓް 2018 - ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އާޓިފިޝަލް ބީޗް ތައްޔާރުކުރުމުގެ މަސައްކަތް: ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިރޭ 8:30 ގައި -- އަހުމަދު ނާއިމް | އަވަސް
50%
40%
10%

އިދިކޮޅު އެމްޑީޕީއަށް އާޓިފިޝަލް ބީޗު ދޫކުރެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީ އިން ނިންމާ، އެކަން އެ ޕާޓީއަށް އަންގައިފި އެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ ހަރަކާތެއް ހިންގުމަށް މި މަހުގެ 13، 14، 15، 20، 21 އަދި 22 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން މެންދަމު 12:00 އަށް އާޓިފިޝަލް ބީޗު ލިބޭނެ ގޮތް ހަދައިދިނުން އެދި އެމްޑީޕީއިން ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައި ވަނީ ހަ ދުވަހަށް އާޓިފިޝަލް ބީޗް ދޫކޮށްދޭން އެމްޑީޕީން އެދިފައި ވަނީ މިދިޔަ އަންގާރަ ދުވަހުގަ އެވެ.

އެކަމާ ގުޅިގެން "އަވަސް" އިން ސުވާލު ކުރުމުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ އީސްޓް ކޯސްޓް ރީ ޑިވަލޮޕްމަންޓުގެ މަސައްކަތްތަކަށް އަޓިފިޝަލް ބީޗު އެމްޓީސީސީއަށް ދޫކޮށްފައިވާ ކަމަށާއި އެހެންކަމުން އެ ސަރަހައްދު އެއްވެސް ހަރަކާތަކަށް ދޫނުކުރުމަށް ހައުސިން މިނިސްޓްރީ އިން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އަންނަ ހޮނިހިރު ދުވަހަށް ކާނިވާ ސަރަހައްދު ބޭނުން ކުރުމަށް އެމްޑީޕީ އިން ހުއްދައަށް އެދިފައިވާތީ އެ އެތަން ހަވީރު 4:00 އަކުން ރޭގަނޑު 12:00 އާ ހަމަޔަށް ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ފަޒާލް ވިދާޅުވި އެވެ. އަދި އެކަން މިހާރު އެމްޑީޕީއަށް ސީޓީއަކުން އަންގާފައިވާ ކަމަށް ވެސް ފަޒާލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން މިހެން ބުނި ނަމަވެސް ސިނަމާލޭ ބްރިޖު ހުޅުވުމަށް އާޓިފިޝަލް ބީޗުގައި ވަނީ ބޮޑު ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަލީޝާކިރު

6 ދުވަހައް ދިނުން އެދެން ހުރިހާ ރަށެއްގަ ތިބި އެމްޑީޕީ ޖޭޕީ އަދާލަތު ޕާޓީ މީހުން މާލެ އައީމަ ގެންގޮސް ޖަލައްލާ އޭރުން ޔާމިނު ހޮވޭނެ ޔަގީން މީކިހާ ރަނގަޅު ހިޔާލެއް ދެންފަހުން ޔާމިނު ބުނާނީ އެހުރިހާ މީހުން ޖަލައްލީ އަޅުގަނޑު ނުހޮވޭނެތީ އެނޫން ގޮތެއް ނެތިގެންނޭ ފުލުހުންނާ ސިފައިންވެސް އެކަންކޮއްދޭން ހުވާކޮއްގެން އެތިބީ ލިބޭތާ ލިބިގަނޭ

ކާނިވަލުން

ރަގަޅު ނިންމުމެ. ކާނިވާވެސް މާގިނަދުވަހަށް ދީގެންނުވާނެ އަހަރެމެންވެސް ބޭނުންވޭ ކާނިވާސަރަހައްދު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345