އިންޓަނޭޝަނަލް ކޯސްޓަލް ކްލީނަޕް ޑޭ ފާހަގަކުރުމުގެ ގޮތުން ދިރާގު އާއި އެމްއޭސީއެލް އަދި ޕާލޭ މޯލްޑިވްސް ގެ މުވައްޒަފުން ގުޅިގެން ބޮޑު ހަރަކާތެއް ހިންގައިފި އެވެ.
ދިރާގުން ބުނީ މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ ހުޅަނގު ފަރާތުގެ ތޮއްޓާއި ގޮޑުދޮށް ހިމެނޭގޮތަށް 1200 މީޓަރަށްވުރެ ދިގު ސަރަހައްދެއްވަނީ ސާފު ކޮށްފައިވާ ކަމަށެވެ. މި ހަރަކާތުގެ މައިގަޑު މަގުސަދަކީ މޫދަށް އުކާލެވޭ ޕްލާސްޓިކު ކުނި ތިމާވެށީގައި ހަލާކުނުވެ ހަރުލާފައި ހުންނަ ހުރުން ބައިވެރިންނަށް ތަޖުތިބާ ކުރެވި މުވައްޒަފުން ގުޅިގެން އެސަރަހައްދު ސާފުކޮށް، މައްސަލައިގެ ބޮޑުކަން މުޖުތަމަޢުއަށް ތަސައްވަރު ކުރުމެވެ. މި ހަރަކާތުގެ ތެރެއިން މިއަދު ވަނީ 1.5 ޓަނުގެ ޕްލާސްޓިކް ކުނި ނަގާފަ އެވެ. އަދި މި ތަކެތި ކިރާލުމަށްފަހު ރީސައިކަލް ކުރުމަށް ޕާލޭ މޯލްޑިވްސް އާއީ ވަނީ ހަވާލުކޮށްފަ އެވެ.
މި ހަރަކާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދު، އެމްއޭސީއެލް ގެ ޑެޕިއުޓީ ޗީޕް އޮފިސަރު މުހައްމަދު ނިޔާޒު އަދި ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑައިރެކްޓަރު ޝާހީނާ އަލީ ބައިވެރިވެވަޑައިގެންނެވި އެވެ. އައި މި މިއަދުގެ މި ހަރަކާތުގައި 200 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފަ އެވެ. މީގެ އިތުރުން ސެންޗޫރި އަން، ޑައިވާސްސް ލޮޖް، މޫދުބުޅާ، ޑައިވްޑެސްކް އަދި ޑައިވްސްކޫލް ވޮލަންޓިއަރުން ވެސް ބަނީ ބައިވެރިވެފައިވެ އެވެ.
ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރުމުގައި އަދި ވަކިން ހާއްސަކޮށް އެއްފަހަރު ބޭނުންކޮށް އުކާ ޕްލާސްޓިކް މަދުކުރުމަށް ކުންފުނީގެ މުވައްޒަފުންނަށާއި މުޖުތަމަޢު އަށް ހޭލުންތެރިކަން އިތުރު ކުރުމަށް ދިރާގުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގައި ޔުނައިޓެޑް ނޭޝަންސްގެ ސަސްޓައިނަބަލް ޑިވެލެޕްމެންޓް ގޯލްސް، ލައިފް ބިލޯ ވޯޓަރ އަދި ރެސްޕޮންސިބަލް ކޮންސަމްޕްޝަން އަށް ދިރާގުން އެއްބާރުލުން ދެމުން ގެންދެ އެވެ. ޕާލޭ މޯލްޑިވްސް އާއި ގުޅިގެން "ފޮ ދަ އޯޝަންސް" ގެ ދަށުން ދިރާގުން މަސައްކަތް ކުރަމުންދެއެވެ. ޕާލޭގެ މަގުސަދަކީ ކަނޑުތަކުގެ ނާޒުކު ފުރިހަމަކަމާއި މުހިންމުކަން އަންގައިދެމުން މިކަންކަން ދެމެހެއްޓުމަކީ ތިމާގެވެސް ޒިންމާއެއް ކަމުގައި ބަލައިގަނެ ކަނޑުތަކަށް ދެވޭ ގެއްލުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެންމެންނަށް އަންގައިދީ ބާރުއެޅުމެވެ.
ޕާލޭ މޯލްޑިވްސް އާއި ގުޅިގެން "ފޮ ދަ އޯޝަންސް" ގެ ދަށުން ދިރާގުން މަސައްކަތް ކުރަމުންދެއެވެ. ޕާލޭގެ މަގުސަދަކީ ކަނޑުތަކުގެ ނާޒުކު ފުރިހަމަކަމާއި މުހިންމުކަން އަންގައިދެމުން މިކަންކަން ދެމެހެއްޓުމަކީ ތިމާގެވެސް ޒިންމާއެއް ކަމުގައި ބަލައިގަނެ ކަނޑުތަކަށް ދެވޭ ގެއްލުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެންމެންނަށް އަންގައިދީ ބާރުއެޅުމެވެ.
ދިރާގުން ބުނީ އެމްއޭސީއެލް އަދި ޕާލޭ މޯލްޑިވްސް ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ ތިމާ އެއްފަހަރު ބޭނުންކޮށް އުކާ ޕްލާސްޓިކާ މެދު ވިސްނާ މިފަދަ ޕްލާސްޓިކު ބޭނުން ކުރުން މަދު ކުރުމަށް އަމިއްލަ ހިއްވަރުލާ އަދި އެއްލާލާ ޕްލާސްޓިކް ވެސް އެއްލާލެވެނީ ކަނޑުތަކަށް ނުދާނޭ ގޮތަކަށްކަން ތިމާ ޔަގީން ކުރުމުގެ އާދަ އަށަގެނެވުމަށް ބާރުއެޅުމެވެ.