ގައުމީ ފުޓްބޯޅަ ޓީމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިރޭ ސާބަސް
ދެއްވައިފި އެވެ.
ސާފް ސުޒީ ކަޕްގެ ފައިނަލްގައި މިރޭ ރާއްޖެއިން ވަނީ އިންޑިއާ ބަލިކޮށްފަ އެވެ. ދެ ލަނޑުން އެއް ލަނޑުން ރާއްޖެ މެޗް ކާމިޔާބުކުރުމާއެކު އިބޫ ވަނީ މަރުހަބާގެ ޓްވީޓެއް ކުރައްވާފަ އެވެ.
އިބޫ ވިދާޅުވީ، "ދިވެހި ގައުމީ ފުޓްބޯޅަ ޓީމު އަޅުގަނޑުމެން ފަހުރުވެރިކުރައިވައިފި، އަޅުގަނޑުމެންގެ އުއްމީދު ދިރުވައިފި، އަޅުގަނޑުމެންގެ ހިތްތައް އުފަލުން ފޮޅުވައިފި، އައްސަރިބަހާއި ސާބަސް،" ކަމަށެވެ.
މިއީ 10 އަހަރަށް ފަހު، ސާފު މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދި ފުރަތަމަ ފަހަރެވެ. ރާއްޖެއިން ފުރަތަމަ ޗެމްޕިއަންކަން ހޯދީ 2008 ވަނަ އަހަރު އެވެ.
ރާއްޖެއިން ވަނީ، މުބާރާތް ކުރިއަށް ގެންދިޔަ، ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ތިން ފަހަރު ފައިނަލު ކުޅެފަ އެވެ. އެއީ 2003، 2009، 2018 އެވެ. ދެހާސް ނުވަ ވަނަ އަހަރުވެސް ރާއްޖެ ފައިނަލުގައި ނިކުތީ އިންޑިއާ ދެކޮޅަށެވެ.