ވިޔަފާރި

ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓަކަށް ރާއްޖޭގެ ގިލި ލަންކަންފުށި

އޮންލައިން ބުކިން ވެބްސައިޓް، ޓްރިޕް އެޑްވައިޒަރީން ހޮވި، ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓަކަށް ގިލި ލަންކަންފުށި ހޮވިއްޖެ އެވެ.

ގިލި ލަންކަންފުއްޓަނީ ދުނިޔޭގެ މަގުބޫލު އެތައް ތަރިންނެއް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރާ ރިސޯޓެވެ. މި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި މެޑޯނާ ފަދަ ތަރިން ހިމެނެ އެވެ.

މި ރިސޯޓު މަގުބޫލުވެފައިވަނީ ރިސޯޓުގެ ވޯޓާ ވިލާތައް ހަދާފައިވާ ފުރިހަމަކަމާއި ވޯޓާ ވިލާތަކުގެ ޕްރައިވެސީގެ ސަބަބުންނެވެ.

ޓްރިޕް އެޑްވައިޒަރީގެ އެންމެ ފުރިހަމަ ރިސޯޓުތަކުގެ ލިސްޓުގައި 25 ރިސޯޓެއް ހިމެނިފައިވާއިރު، ރާއްޖޭގެ އެހެން ރިސޯޓުތައް ވެސް ލިސްޓުގެ ގަދަ 10 ގައި ހިމެނިފައިވެ އެވެ. ގިލި ލަންކަންފުށީގެ އިތުރުން މި ލިސްޓުގައި ހިމެނިފައިވާ ރާއްޖޭގެ އެހެން ރިސޯޓުތަކުގެ ތެރޭގައި މޫފުއްޓާއި ކޮކޯ މޯލްޑިވްސް ހިމެނެ އެވެ.