ބޮލީވުޑް

ތަގްސް އޮފް ހިންދުސްތާންގެ ޓީޒާއެއް ދޫކޮށްލައިފި

"ތަގްސް އޮފް ހިންދުސްތާން" ގެ ފުރަތަމަ ޓީޒާ.

މިއަހަރުގެ އެންމެ އިންތިޒާރުކުރެވޭ ބޮލީވުޑްގެ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ ފުރަތަމަ ޓީޒާ އާންމުކޮށްފި އެވެ. އެ ފިލްމުގެ ލޯގޯ އާންމުކުރުމުގެ ގޮތުން ދޫކޮށްލި މި ޓީޒާއާއެކު ފިލްމުގެ ޓްރެއިލާއަށް ކުރެވޭ އިންތިޒާރު މިހާރު ވަނީ ބޮޑުވެގެން ގޮސްފަ އެވެ.

މިއީ އާމިރް ޚާން އާއި އަމިތާބް ބައްޗަން، ފާތިމަތު ސަނާ ޝެއިހް އަދި ކެޓްރީނާ ކައިފް މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމެކެވެ. މިއީ އާމިރް އާއި އަމީތާބް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެ އެވެ.

"ތަގްސް އޮފް ހިންދުސްތާން" އަކީ 1839 ވަނަ އަހަރު ނިކުތް ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ވާހަކަ ބިނާވެފައި އޮންނަނީ އިންޑިއާގައި އިނގެރޭސިން ވެރިކަންކުރިއިރު، އިނގެރޭސިންނަށް އެ ގައުމުގައި ހަމަޖެހިގެން އުޅުނިޔަ ނުދިނުމަށްޓަކައި މަސައްކަތްކުރި "ތަގެއް" ނުވަތަ ގޭންގު ސްޓާރެއްގެ މައްޗަށެވެ.

މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ ނޮވެމްބަރު މަހު އަށެއްގަ އެވެ.