ވިޔަފާރި

ފުނަދޫ އެއާޕޯޓުގެ ރަންވޭ ވެސް ދެ ދުވަސްތެރޭ ނިންމަނީ

Sep 17, 2018
4
ށ. ފުނަދޫ އެއާޕޯޓް އަޅަން ހިއްކި ސަރަހައްދު ހިއްކުމުގެ ކުރިން އޮތް ގޮތް --
0%
0%
0%

ށ. ފުނަދޫގައި އަޅާ އެއާޕޯޓު ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްއޮތް ދެ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު "އަވަސް" އަށް ވިދާޅުވީ ށ. ފުނަދޫގައި ހަދާ އެއާޕޯޓުގެ ރަންވޭވެސް ދެ ދުވަހެއްގެ ތެރޭގައި ނިންމައި، ޓެސްޓް ފްލައިޓަށް ތައްޔާރުވާނެ ކަމަށެވެ.

އެމްޓީސީސީ އިން ގެނެސްފައިވާ ޑްރެޖަރު "މަހާޖައްރަފު" ބޭނުންކޮށްގެން ފުނަދޫގައި ހިއްކާފައި ވަނީ އެ ރަށު ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިންމާލާފައިވަނީ މާޗް މަހު އެވެ.

ފުނަދޫ ބިން ހިއްކުމުގެ އިތުރުން އެއާޕޯޓު އެޅުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެއާޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ ހަދަން ވަނީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 60 މިލިއަން ރުފިޔާއަށެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ މި މަސައްކަތް ޖުލައި މަހަށް ނިމޭނެ ކަމަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910