ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވެ ހުޅުވުމުގެ ރަސްމިއްޔާތައް މިއަދު ހަވީރުގެ ބައެއް ވަގުތުތަކުގައި ސިނަމާލޭ ބްރިޖު ބަންދު ކުރަން ނިންމައިފި އެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދު ހަވވޥީރު 3:15 އިން 4:15 އަށް އަދި 5:30 6:30 އަށް ސިނަމާލޭ ބްރިޖު އެއްގަމު ދަތުރު ފަތުރަށް ބަންދު ކުރެވޭނެ ކަމަށެވެ.
ބްރިޖު ބަންދު ކުރާ އިރު އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތު ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން އާ ރަންވޭއަށް ފުރަތަމަ ފަހަރަށް އޭ380 ގެ ފްލައިޓު ޖައްސާނެ އެވެ. އަދި އެ ފްލައިޓުގައި ސާފް ޗެމްޕިއަން ޝިޕްގެ ތަށި ހިފައިގެން ދިވެހި ފުޓުބޯޅަ ޓީމު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުޓުބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް ރައީސް ވެސް ވަޑައިގަންނަވާނެ އެވެ. އެއަށް ފަހު އެ ޓީމް މާލެ އަންނާނީ ބްރިޖު ހުރަސްކޮށްފަ އެވެ. އަދި ބްރިޖު ސަރަހައްދުގައި ގައުމީ ޓީމަށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް ކުރިޔަށް ދާނެ އެވެ.