ވިޔަފާރި

ޖަޕާނުގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖެ

Sep 21, 2018
ޖަޕާން 20، ސެޕްޓެމްބަރު 2018: ޖަޕާނުގައި މިހާރު ކުރިއަށްދާ ޓޫރިޒަމްގެ، ރާއްޖޭގެ ސްޓޯލަށް އައި ބައެއް މީހުން ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ: އެމްއެމްޕީއާރުސީ
0%
0%
0%

ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ މި މަހުގެ 20 އިން 23 އަށް ޖަޕާންގެ ޓޯކިޔޯގައި ހިނގަމުންދާ ޓުއަރިޒަމް އެކްސްޕޯ ޖަޕާންގައި އެމްއެމްޕީއާރުސީ އާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 06 ކުންފުންޏަކުންވަނީ ބައިވެރިވެފަ އެވެ. ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މިފެއަރގައި ހަރަކާތްތެރިވާނީ ޖަޕާންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އިބްރާހިމް އުވައިޝް އެވެ.

މި ފެއާގައި ދިވެހިރާއްޖެގެ ސްޓޭންޑު ފަރުމާކުރެވިފައިވާނީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. މިފެއާގައި ބައިވެރިވުމުގެ މައިގަނޑު މަޤުސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޖަޕާން މާރކެޓްގައި އިޝްތިހާރުކުރުމެވެ. މިގޮތުން، ޖަޕާން އިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި މި މާރކެޓްގައި ހަރަކާތްތެރިވާ އިންޑަސްޓްރީގެ އިސް ބޭފުޅުންނާ، ޖާޕާންގެ އެންމެ މަގުބޫލު މީޑިޔާތަކާއި އަދި ޖަޕާންއާ ރާއްޖެއާ ދޭތެރޭ ދަތުރުކުރާ ބޮޑެތި އެއާރލައިންތަކާ ބައްދަލުކޮށް، ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ކުރިއަށް ގެންދެވޭނެ އެކި ކެމްޕެއިންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖަޕާން 20، ސެޕްޓެމްބަރު 2018: ޖަޕާނުގައި މިހާރު ކުރިއަށްދާ ޓޫރިޒަމްގެ، ރާއްޖޭގެ ސްޓޯލުގައި މިސް ޖަޕާން- ފޮޓޯ: އެމްއެމްޕީއާރުސީ

ފެއާ އަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ވަޗުއަލް ރިއަލިޓީ މެދުވެރިކޮށް ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ހަމައެއާއެކު މިފެއަރގައި ދިވެހިރާއްޖޭގެ ސްޓޭންޑްއަށް ޒިއާރަތްކުރާ ފަރާތްތަކުގެ މެދުގައި ޖަޕާނުގައި މަގުބޫލު ގޭމެއް ކަމަށްވާ 'ބިންގޯ ގޭމް' ކުރިއަށް ގެންދެވޭނެއެވެ. އަދި މި ހަރަކާތުން އެއްވަނައަށްދާ ފަރާތަށް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން މިފަރާތައް އިނާމެއް ހުށަހަޅާނެ އެވެ.

ޖަޕާން 20، ސެޕްޓެމްބަރު 2018: ޖަޕާނުގައި މިހާރު ކުރިއަށްދާ ޓޫރިޒަމްގައި ބައިވެރި ބައެއް ފަރާތްތައް- ފޮޓޯ: އެމްއެމްޕީއާރުސީ

ޖަޕާން އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ. 2017 ވަނަ އަހަރު ޖަޕާނުން 41,133 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔައަހަރާއި އަޅާބަލާއިރު 3.21 ޕަސެންޓުގެ ކުރިއެރުމެކެވެ. މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޖަޕާނުން 22,110 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910