ހަބަރު

މަޓީ އިން އިބޫ އަށް މަރުހަބާ ކިޔައިފި

Sep 24, 2018
2
މަޓީގެ މެންބަރު އަހަރީ އާއްމު ޖަލްސާގައި އެ ޖަމިއްޔާގެ ބޯޑު؛ ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންސް
0%
0%
0%

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އިން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް މަރުހަބާ ކިޔައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ އިސް ފަރާތްތައް މަސައްކަތްކުރާ މަޓީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އިބޫގެ ވެރިކަމެއްގައި ރާއްޖޭގެ ރާއްޖެ އަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މަޓީގެ ޗެއާމަންއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫމަނިކް) އެވެ. ދެން މި ޖަމިއްޔާގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މަޝްހޫރު އެއް ނަން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު އާއި އަހުމަދު ނަޒީރު (ކްރައުން ނަޒީރު) އެވެ. މީގެ އިތުރުންވެސް އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގައި ޓޫރިޒަމްގެ އިސް ގިނަ ފަރާތްތަކެއް ހިމެނެ އެވެ.

ގުޅިފައިވާ ކޯލިޝަނެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ، އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރު ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަ ކުރައްވާ އެވެ. އިލެކްޝަން ކޮމިޝަން (އީސީ) ގެ ނަތީޖާތަކުން ދައްކާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ. އަދި އިބޫ އަށް ލިބިވަޑައިގަތީ 134،616 ވޯޓެވެ. އީސީ އިން ބުނީ ޖުމުލަ 230،748 ސައްހަ ވޯޓް ލިބުނު އިރު 3129 މީހުން ބާތިލު ވޯޓުލީ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 89.22 ޕަސަންޓު މީހުން ވަނީ މި އިންތިހާބުގައި ވޯޓްލައިފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910