ހަބަރު

ނަޝީދު ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ: އެމްޑީޕީ

Sep 24, 2018
27
ރައީސް ނަޝީދު: ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ
38.3%
16.7%
45%

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިއަދު ވިދާޅުވީ ރައީސް ނަޝީދު ވަރަށް އަވަހަށް މާލެ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެކަން އެމްޑީޕީއިން ހާމަކޮށްފައިމިވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީ ހިމެނޭ ކޯލިޝަނަށް ބޮޑު ކާމިޔާބީއެއް ލިބިފައިވަނިކޮށެވެ. އިންތިހާބަށްފަހު އެމްޑީޕީއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންނަށް ވަނީ މަރުހަބާ ކިޔާފަ އެވެ.

އިއްޔެގެ އިންތިހާބު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކާމިޔާބުކޮށްފައިވަނީ، މި އަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 262135 މީހުންގެ ތެރެއިން ވޯޓު ލި 89.22 ޕަސެންޓް މީހުންގެ 58 އިންސައްތައާއެކު ޖުމްލަ 134,616 ވޯޓު ކާމިޔާބުކޮށްގެންނެވެ. މި ވޯޓުގައި މިހާރު ވެރިކަމުގައި ހުންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،132 ވޯޓެވެ. އެމަނިކުފާނު މިހާރު ވަނީ ބަލި ގަބޫލު ކުރައްވާފަ އެވެ.

އިދިކޮޅު އެއް ލީޑަރު ކަމަށްވާ ރައީސް ނަޝީދު މިނިވަން ކުރައްވާނެ ކަމަށް އިބޫ ވަނީ ކެމްޕެއިންގައި ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ އިތުރުން ވެސް ދެން ބަންދުގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި ނުހައްގުން އަނިޔާ ލިބެމުންދާ މީހުން މިނިވަން ކުރާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންފައިވެ އެވެ.

27 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިންސާފު

ރައްޖެއައުމާއެކު ޖަލަށްލާ! ނުރައްކާތެރި މީހެއް ޢިބޫ ހިޔޮވެރިކަމެއްޖުރުމަށް ހުރަސްއަޅައި މިތަން ފަސާދަކުރަން އެއަންނަނީ ހައްޔަރުކުރޭ!

އައްޔަ

ބުރަކަށި ވެސް މިހާރު ރަނގަޅު ވާނެ. މިހާރު އެއުޅެނީ ރާއްޖެ ހަލާކު ކޮއްލަން.

މުޙައްމަދު

17 ނޮވެމްބަރ 2018 ގެ ފަހުން ކޯޓްތަކާއި ޖަލުތައް ނުހުންނާނެ ކަމަށް މިބަލަނީ، އެއީ ޢަދުލު އިންސާފު އޮންނާނީ، އެއްވެސް އަނިޔާއެއް ނޯންނާނެ، ކުރުކޮށް ބުނާނަމަ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ގެ ދުވަސްވަރު ސިފަކޮށްލައްވާ....!

ފޭން

ރައީސް ނަޝީދު ރާއްޖެ ނައިސްގެން މިހުރީ މިހާރުއްސުރެ. އަދިވެސް ބޭނުމީ ތިޔަ ރައީސް ވެރިކަން ކުރާތަން ބަަލަން.

ވާލުސޮރު

ހަލަބޮލި ކުރަން އެކަނި އެގޭނީ

17/11

ނޮވެމްބަރ 17 ގެ ކުރިން ނާންނާނެކަން މުޖައްރިބު.

މާޒީ

ގައްމުފަނާވިޔަސް މޑޕއައް ވެރިކަން ކުރެވުނީމަ އެހިސާބުން ނިމުނީ ގައްމާދޭތެރޭ ވިސްނާބަޔަކު އެބައުޅޭތަ މިގައްމުގާ

ހުސެން

ވޯޓުދީފަ ދެން ފޯކޭ ނުކިޔާތިބޭ.

ފިރާގު

މިހާރު އުނަގަނޑުވެސް ރަގަޅު ވީތަ؟ ގައިމު އުނަގަނޑު ބިދިގެން ބޭސްފަރުވާއަށްސޯ ދިޔައީ. އެކަމު ތިބުނާ ރޫހާނީ ލީޑަރު އުޅެނީ ގޮނޑިދުއްވަން ފޮނިވެގެން. ތި ރޫހާނީ ލީޑަރަކީ މިގައުމުގެ މަސަލަސްކަން ނަގާލުމުގެ އެއް ނުބައިބައި ކުޅޭމީހާ. މީނާ ރާއްޖެ އަޔަސް ވެރިކަމުގެ ވަސްނުޖެހޭ ހިސާބުގައި ބަހައްޓާތި. ނޫނީ އިބޫ އާއި ތޮޅެން ފަށާފާނެ.

ބޭބެ

އިބޫއަށް ދޫނުކުރާތި. އެއަންނަނީ އަތުލަން

ކައްޕި ހާދައަނިޔޢެއްދީފި

ނަޝީދު އަދި ގާސިމް އިބްރާހީމް މާލެ ވަޑައިގަންނަވާންވާނީ އިބްރާހީމް މުޙައްމަދު ޞާލިޙް އަސި ފައިޞަލް ނަސީމު ހުވާ ކުރެއްވުމަށްފަހު

1

ހެޔޯ ކަލޭ އަޔަސް ނަޔަސް.. ތީ ބޭކާރު މީހެއް މިހާރު އައިސްދާންޖެހޭނީ ޖަލަށް އަނެއްކާވެސް މިތާންގަ ހުޅުޖަހަން ގައުމު ފަސާދަކުރަން މާޒީ ތަކުރާރުކުރަން ކަރު ބުޑުގަ ލީ ރަހަ އާކޮށްލަން އަނެއްކާވެސް ފުރުސަތު ތިޔަ ދިނީ އަމިއްލައަތުން ޙުރި ހިތާމައެއްގެ ބޮޑުކަމާއެވެ ....

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345