ހަބަރު

އަބްދުﷲ ރިޔާޒު ކޯޓުން މިނިވަންކޮށްފި

Sep 24, 2018

ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިނިވަން ކުރަން ދާދި ދެންމެއަކު ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. އޭނާ ފޯނުން ނުދިން މައްސަލައިގައި އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ވަނީ ނިމިފަ އެވެ. އެހެން ނަމަވެސް އޭނާ ދޫނުކޮށްލައި ވަނީ ބަހައްޓައިފަ އެވެ.

ރިޔާޒު މިނިވަން ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމި އިރު، އޭނާގެ ވަކީލުން، ރިޔާޒު މިނިވަން ކޮށްދިނުމަށް އެދުނު އެދުމަށް ދައުލަތުގެ ވަކީލުން ކޯޓުގައި ދެކޮޅު ހައްދަވާފައެއް ނުވެ އެވެ. ރިޔާޒު ވަނީ ހަ މަހާއި 22 ދުވަސް ވަންދެން، ޖަލުގައި ހޭދަ ކުރައްވައިފަ އެވެ.