ހޮލީވުޑް

ޖޭމްސް ބޮންޑްގެ ޑައިރެކްޝަން ކެރީއަށް

ފިލްމު ފްރެންޗައިޒް "ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމު ޑައިރެކްޓުކުރުމަށް ކެރީ ފުކްންގާ ނަގައިފި އެވެ.

"ޓްރޫ ޑިޓެކްޓީވް" ސީރީޒްއިން އެމީ އެވޯޑު ހޯދާފައިވާ ކެރީއަކީ "ޖޭން އައިރް" އަދި "ބީސްޓްސް އޮފް ނޭޝަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ.

"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމު ޑައިރެކްޓުކުރުމަށް ކެރީއާއި ހަވާލުކުރީ އެ ފިލްމުތައް ޑައިރެކްޓުކުރަމުން އައި ޑެނީ ބޮއިލް ކުއްލި ގޮތަކަށް އެ ފްރެންޗައިޒް ދޫކޮށްލުމާއި ގުޅިގެންނެވެ.

"ޖޭމްސް ބޮންޑް" ގެ ރޯލު ކުޅެމުން އަންނަ ޑެނިއެލް ކްރެގްވެސް މިހާރު ވަނީ އެ ފްރެންޗައިޒް ދޫކޮށްލުމަށް ނިންމާފައި އެވެ. އޭނާ ކުޅޭ އެންމެފަހުގެ "ޖޭމްސް ބޮންޑް" ގެ ފިލްމަށް ވާނީ ކެރީ ޑައިރެކްޓުކުރާ ފިލްމެވެ.

އެ ފިލްމުގެ މަސައްކަތައް ކުރަން ފަށާނީ އަންނަ އަހަރު މާޗުގައި އެެވެ. އަދި އެ ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ ފެބްރުއަރީ 24، 2020 ގައި އެވެ.