ބޮލީވުޑް

އަރްޖުން ރެއްޑީގެ ބަތަލާއަކަށް ކިއާރާ

ޓެލުގޫ ބްލޮކްބާސްޓާ ފިލްމު "އަރްޖުން ރެއްޑީ" ގެ ހިންދީ ރީމޭކް ފިލްމުގެ ބަތަލާގެ ރޯލަށް ކިއާރާ އަދަވާނީ ނަގައިފި އެވެ.

ނެޓްފްލިކްސް އިންޑިއަން ސީރީޒް "ލަސްޓް ސްޓޯރީސް" އިން ވިދާލި ކިއާރާ މިހާރު ވަނީ ފިލްމު "އަރްޖުން ރެއްޑީ" ކުޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި އެވެ. ޝޫޓިންތައް އަންނަ މަހުގެ ކުރީ ކޮޅުގައި ފެށުމަށް ވަނީ ނިންމާފައި އެވެ.

ޝާހިދު ކަޕޫރް ބަތަލްގެ ރޯލުން ފެނިގެންދާ މި ފިލްމުގައި މީގެ ކުރިން ބަތަލާގެ ރޯލު ކުޅުމަށް ނެގީ، ކަރަން ޖޯހަރްގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އަންނަ އަހަރު ބޮލީވުޑަށް ތައާރަފުވާނެ ތާރާ ސުތިއާރާ އެވެ. ނަމަވެސް ތާރާގެ ޝެޑިއުލް ބިޒީވެ މި ފިލްމަށް ވަގުތު ނުދެވޭނެތީ އޭނާ ވަނީ މި ފިލްމު ދޫކޮށްލާފައި އެވެ.

ރުޅި ކޮންޓްރޯލުކުރުމުގެ މައްސަލަތަކެއް ހުންނަ މެޑިސިން ކިޔަވާ ޒުވާނެއްގެ ވާހަކަ ގެނެސްދޭ މި ފިލްމު ޑައިރެކްޓްކުރަނީ ހަމަ ޓެލުގޫ ފިލްމުވެސް ޑައިރެކްޓްކުރި ސަންދީދް ރެޑީ ވަންގާ އެވެ.