ވިޔަފާރި

ދިގުރަށާއި ދަ ރެސިޑެންސް ދިގު ބުރިޖަކުން ގުޅާލައިފި

Sep 29, 2018
4
ދަ ރެސިޑެންސް އާއި ދިގުރަށް ބްރިޖަކުން ގުޅާލާފައި
0%
0%
0%

ގއ. ގައި ތަރައްގީ ކޮށްފައިވާ ދަ ރެސިޑެންސް އާއި ދިގުރަށް 1.1 ކިލޯ މީޓަރުގެ ދިގު ބުރިޖަކުން ގުޅާލައި އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ނިންމައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން ގއ. ފަޅުމާފުށީގައި ތަރައްގީކޮށްފައިވާ ގއ. ފަޅުމާފުށީގައި ތަރައްގީކޮށްފައިވާ ދަ ރެސިޑެންސް ބައި ސެނިޒާރޯއާ ދެމެދު އަޅާފައިވާ ބްރިޖު ވެގެންދާނީ ރާއްޖޭގެ ދެ ރިސޯޓެއްގެ ދެމެދުގައި އަޅާފައިވާ އެންމެ ދިގު ބްރިޖަށެވެ، މި ދެ ރިސޯޓު ގުޅާފައިވާއިރު ފަޅު މާފުށި ތަރައްގީ ކުރަމުން ގެންދަނީ 94 ވިލާއާ އެކުގަ އެވެ.

މި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހޮޓެލް އެންޑް ރިސޯޓު ކޮންސްޓްރަކްޝަން (އެޗްއާރުސީ) އިންނެވެ. އެ ކުންފުންޏަކީ މަސީގެ ކުރީގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ކުންފުންޏެވެ.

ފަޅު މާފުއްޓާއި ދިގުރަށް ގުޅާލުމާއެކު ޖުމްލަ 300 ކޮޓަރި ގއ. ގައި އުފެދިގެންދާނެ އެވެ. މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ.

އެ ރިސޯޓުގައި ހުރިހާ ވައްތަރެއްގެ ކެއުން ލިބޭ ހާއްސަ ރެސްޓޯރެންޓުތައް ހުންނާނެ އެވެ. މީގެ އިތުރުން މި ރިސޯޓުހެ ހާއްސަ އެއް ކަމަކީ މިތަނުގައި ހަދާފައިވާ 42 މީޓަރުގެ އިންފިނީޕޫލް އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910