ވިޔަފާރި

ރާއްޖެ އިޝްތިހާރު ނުކުރެވޭތީ އިނަ މޯލްޑިވްސް ފިރާގުގެ ފާޑު ކިޔުން

Sep 28, 2018
6
ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންތަކެއް ވީއައިއޭގައި: މިދިޔަ މަހު ޓޫރިޒަމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައި- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް
33.3%
0%
66.7%

ރާއްޖެ މަންޒިލެއްގެ ގޮތުގައި އެކަށީގެންވާ ވަރަށް އިޝްތިހާރު ނުކުރެވޭ ކަމަށް ރާއްޖޭގެ އެންމެ މަޝްހޫރު ޓްރެވަލް އޮޕަރޭޓަރު ކަމަށްވާ އިނަ މޯލްޑިވްސްގެ ކުންފުނީގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ އެންމެ މަޝްހޫރު ޓްރެވަލް ކުންފުނީގެ ވެރިޔާ ފިރާގު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ކުރި ހުރިހާ މަސައްކަތެއްހެން ކުރީ އަމިއްލަ ފަރާތްތަކުން ކަމަށެވެ.

"ރާއްޖެ އިޝްތިހާރު ކުރުން މި ފެންނަނީ އިންޑަސްޓްރީ ބޭނުންވާ ފެންވަރަށް ނުކުރެވޭތަން. އަޅުގަނޑުމެން ގްރޯތު މި ދަނީ މެކްސިމަމް ގްރޯތުގައި. އެއާޕޯޓެއް އެ ނިމެނީ. އެހެން ނަމަވެސް އެއާ އެއް ފެންވަރަށް އިޝްތިހާރު ނުކުރެވޭނަމަ އުނިކަން ފެންނާނެ. އިޝްތިހާރު ކުރުމުގައި އަޅުގަނޑުމެންގެ އެބަހުރި މައްސަލަ ތަކެއް،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއާ ވާދަވެރި ގައުމުތަކުން އިޝްތިހާރު ކުރުމަށް ބޮޑު ހޭދައެއްކޮށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށާ، ނަމަވެސް ރާއްޖެއިން އެކަން ނުފެންނަ ކަމަށެވެ.

އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "އަވަސް" އަށް އިންޓަވިއު ދެއްވަނީ- އަވަސް ފޮޓޯ: އަހުމަދު ނާއިމް
ރާއްޖެ އިޝްތިހާރު ކުރުން މި ފެންނަނީ އިންޑަސްޓްރީ ބޭނުންވާ ފެންވަރަށް ނުކުރެވޭތަން. އަޅުގަނޑުމެން ގްރޯތު މި ދަނީ މެކްސިމަމް ގްރޯތުގައި. އެއާޕޯޓެއް އެ ނިމެނީ. އެހެން ނަމަވެސް އެއާ އެއް ފެންވަރަށް އިޝްތިހާރު ނުކުރެވޭނަމަ އުނިކަން ފެންނާނެ. އިޝްތިހާރު ކުރުމުގައި އަޅުގަނޑުމެންގެ އެބަހުރި މައްސަލަ ތަކެއް
މުހައްމަދު ފިރާގު | އިނަ މޯލްޑިވްސް

"މީގެ 10 އަހަރު ކުރީގައި މި ސަރަހައްދުގައި ނެރޭ ޓޫރިޒަމާ ބެހޭ މަޖައްލާއެއްގައި ނަމަ ރާއްޖޭގެ އިޝްތިހާރު ހުންނާނެ. އެކަމަކު އަޅުގަނޑުމެންނަށް އެ މާކެޓު ގެއްލިގެން ހިނގައްޖެ. މެގަޒިން ޖަހާނެ. ފޭން ޓްރިޕްތަކުގައި މީޑިޔާ ގްރޫޕު އަންނާނެ. އެހެންނަމަވެސް މިހާރު ބަދަލު ވެއްޖެ. ވެދާނެ އެއީ ޑިޖިޓަލައިސް ވުން ކަމަށް. އެހެންނަމަވެސް ރާއްޖެ، ރާއްޖޭގެ ގޮތުގައި އިޝްތިހާރު ކުރުން ރަނގަޅު ކުރަން ޖެހޭ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ޓޫރިޒަމް ޕްރޮޑަކްޓްތައް އެކަށީގެންވާ ވަރަށް އިޝްތިހާރު ކުރެވެމުން ނުކުރެވޭއިރު، ޓޫރިޒަމްގެ މުހިންމު ސެގްމަންޓުތަކަށް އެކަށީގެންވާ ވަސީލަތް ވެސް ރާއްޖޭގައި ނެތް ކަމަށެވެ.

"ހުސް އެކަނި މިހާރު ހުރީ ގެސްޓްހައުސް ތަކާއި ރިސޯޓެއް ނޫން މިހުރީ. އެބަހުރި ސަފާރީތައް ވެސް. އެބޭފުޅުންނާ ވާހަކަ ދައްކައިލިއަސް ވިދާޅުވާނެ އެ ބޭފުޅުން [ސަފާރީ އޮޕަރޭޓަރު] ން ބޭނުންވާ ފެސިލިޓީ ލިބެން ނެތޭ. އެ ބޭފުޅުން އެތައް މިލިއަން ޑޮލަރު ހޭދަކޮށްފަ ބަނދެފައި ހުންނަ އުޅަނދު ފަހަރު ބަހައްޓާނެ ގޮތެއް ނެތް. ފެސިލިޓީއެއް ނެތް،" ފިރާގު ވިދާޅުވި އެވެ.

ފިރާގު އިތުރަށް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުން އެއްކޮށް، އެމީހުންގެ ހިޔާލު ވެސް ހޯދަން ޖެހިފައިވާ ކަމަށެވެ.

"ނުވެހުންނަ ކަންތައްތަކާއި ފަސޭހަ ކުރެވޭނެ ކަންތައްތައް އެ ބަޖެހޭ އެނގެން."

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ރާއްޖެ އިޝްތިހާރު ކުރުމަށް 50 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. މިގޮތުން ރާއްޖެ އިޝްތިހާރު ކުރަން މި އަހަރުވެސް ގިނަ ފެއާތަކެއްގައި ވަނީ ބައިވެރިވެފަ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910