ޓޫރިޒަމް

166 ރިސޯޓާއެކު ޖުމްލަ އެނދު 55,921 އަށް

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން ހަދާފައިވާ ތަންތަނުގައި ހުރި ޖުމްލަ އެނދުގެ އަދަދު 166 ރިސޯޓާއެކު 55,921 އަށް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޓޫރިސްޓު އެނދުގެ "ޓޯޓަލް ކެޕޭސިޓީ" އަކީ 55,921 އެވެ. އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭން 1,107 ތަނެއް ރާއްޖޭގައި ހަދާފައިވެ އެވެ. މި އަދަދަށް އެނދު އެރިނަމަވެސް ވޭތުވެދިޔަ ތިން އަހަރު އަލަށް އެންމެ ރިސޯޓެއްވެސް ދޫކޮށްފަ ހުޅުވާފައެެއް ނެތެވެ. މިހާރު ހުޅުވަމުން ދަނީ ކުރިން ދޫކޮށްފައި ހުރި ރަށްތަކެވެ. މިއަހަރުގެ މިހާތަނަށް 18 ރިސޯޓެއް ހުޅުވާފައިވެ އެވެ.

ޖުުމްލަ ކެޕޭސިޓީ

  • ރިސޯޓް: 166 (އެނދުގެ އަދަދު 38,849)
  • ހޮޓާ އަދި ގެސްޓްހައުސް : 782 (އެނދުގެ އަދަދު 14,110)
  • ސަފާރީ އުޅަނދު ފަހަރު: 159 (އެނދުގެ އަދަދު 2,962)

މި އަދަދަށް އެނދުގެ ނަންބަރު މަތިވި ނަމަވެސް ވޭތުވެދިޔަ ތިން އަހަރު އަލަށް އެންމެ ރިސޯޓެއްވެސް ދޫކޮށް، ހުޅުވާފައެެއް ނެތެވެ. މިހާރު ހުޅުވަމުން ދަނީ ކުރިން ދޫކޮށްފައި ހުރި ރަށްތަކެވެ. މި ސަރުކާރުން ރިސޯޓު ހަދަން 13 ރަށެއް ނެރެ ކުރިމަތިލީ ހަތް ފަރާތަކުންނެވެ. އެކަމަކު ތަފާތު ސަބަބުތަކާހުރެ މި ރަށްތަކުގެ ތެރެއިން އެވޯޑުކުރެވިފައިވަނީ އެންމެ ރަށެކެވެ. މި އަހަރުގެ މިހާތަނަށް 18 ރިސޯޓެއް ހުޅުވާފައިވެ އެވެ.

ކޮވިޑް-19 ގެ ބަލި ދުނިޔެ އިން ފެނުމާއެކު މިދިޔަ އަހަރުގެ މާޗް މަހު ބޯޑަރު ބަންދުކޮށް ޖުލައި 15 ގައި އަލުން ހުޅުވިފަހުން 51,182 ޓޫރިސްޓު އެނދު އަލުން އޮޕަރޭޝަނަށް ގެނެވުނު މިއީ ފުރަތަމަ ފަހަރެވެ. އަދި ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން 890 ތަނެއް މިހާރު ދަނީ ހުޅުވައި ހިންގަމުންނެވެ.

ހިދުމަތްދޭ ތަންތަނުގެ އަދަދު

  • ރިސޯޓް: 157 (އެނދުގެ އަދަދު 36,974)
  • ހޮޓާ އަދި ގެސްޓްހައުސް : 589 (އެނދުގެ އަދަދު 11,362)
  • ސަފާރީ އުޅަނދު ފަހަރު: 144 (އެނދުގެ އަދަދު 2,846)

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ޓޫރިސްޓު އެނދު ވެސް އަދި އެންމެ ގިނަ ރިސޯޓުވެސް ހުރީ މާލެ އަތޮޅުގަ އެވެ. އަދި އެންމެ މަދުން ޓޫރިސްޓުންނަށް ހިދުމަތްދޭން "ބެޑްކެޕޭސިޓީ" ހުރީ ފުވައްމުލަކުގަ އެވެ. މީގެ އިތުރުން އެންމެ ރިސޯޓެއް އޮތީ ހދ. އަތޮޅާއި ތ. އަތޮޅުގަ އެވެ.

ޓޫރިސްޓު ފެސިލިޓީ އެންމެ ގިނަ އަތޮޅުތައް

  • މާލެ އަތޮޅު: ޖުމްލަ އެނދު 12،048 (ރިސޯޓް 50، ހޮޓެލް 2، ގެސްޓްހައުސް 155)
  • ހދ. އަތޮޅު : ޖުމްލަ އެނދު 4،350 (ރިސޯޓް 17، ހޮޓެލް 1، ގެސްޓްހައުސް 69)
  • ރ. އަތޮޅު: ޖުމްލަ އެނދު 3،288 (ރިސޯޓް 13، ގެސްޓްހައުސް 4)
  • ބ. އަތޮޅު : ޖުމްލަ އެނދު 3،104 (ރިސޯޓް 16، ހޮޓެލް 1، ގެސްޓްހައުސް 45)
  • ދ. އަތޮޅު : ޖުމްލަ އެނދު 2،804 (ރިސޯޓް 9، ގެސްޓްހައުސް 5)
  • އއ. އަތޮޅު : ޖުމްލަ އެނދު 2،224 (ރިސޯޓް 11، ގެސްޓްހައުސް 112)

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރަށު ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކޮށް 577 ތަނެއް ދަނީ ހިންގަމުންނެވެ. އަދި މި ތަންތަނުގައި ހުރި ޖުމްލަ އެނދު އަދަދު ވަނީ 10،002 އަށް އަރާފަ އެވެ. ވިޔަފާރީގައި އެނދު ގިނަ އެނދު ހުރީ މާލެ އަތޮޅުގަ އެވެ. މި އަތޮޅުގައި ގެސްޓްހައުސް 517 އެނދު އެބަހުއްޓެވެ. މި އަތޮޅުގައި ހުރި ޖުމްލަ އެނދުގެ އަދަދަކީ 5،174 އެވެ. މި ސަރަހައްދުން އެންމެ ގިނަ އެނދުހުރީ މާލެ ރީޖަން ނަގާފައި މާފުށީގަ އެވެ.