ވިޔަފާރި

އިންޓަގްރޭޓެޑް ޓޫރިޒަމް ފެއިލްވީ މަސައްކަތް ކުރަން އުޅުނު ގޮތުން: ފިރާގު

Sep 30, 2018
3

ސަރުކާރުން އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން ހިންގި މަޝްރޫއުތައް "ފެއިލްވީ" އެ މަސައްކަތް ކުރަން އުޅުނު ގޮތުން ކަމަށް އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވެއްޖެ އެވެ.

ޓީވީއެމް "ރާއްޖެ މިއަދުގައި" ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ "އިންޓަގްރޭޑެޓް ޓޫރިޒަމް" ތަރައްގީ ކުރަން ސަރުކާރުން ގެންގުޅުނު މޮޑެލް ފެއިލްވީ، އެކަން ކުރަން އުޅުނު ގޮތް ގޯސްވުމުން ކަމަށެވެ. ފިރާގު އެ އިޝާރާތް ކުރެއްވީ ބަރެސްދޫގައި އެކިބައިތައް ހިމެނޭ ގޮތަށް ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން ފެއްޓެވި މަސައްކަތަކަށެވެ.

"މީގެ [އިންޓަގްރޭޓެޑް ޓޫރިޒަމް] ގައި ގެންގުޅުނު މޮޑެލް މަސައްކަތް ނުކުރީ. އުންމީދު ކުރަނީ ގެސްޓްހައުސް އަޅަން ވަކި ރަށްރަށް ނޫނީ އަތޮޅުތަކުގައި ދީފިނަމަ މި ނަންގަވާ ބޮޑު ޓެކްސް އާއި ފީ ނުނަންގަވާ، ތަންކޮޅެއް ނޮމިނަލް ތަންކޮޅެއް ރީޒަނަބަލް ގޮތަކަށް. ހިންގަން ބޭނުންނަމަ ސެންޓްރަލީ މެއިން ފެސިލިޓީ ދީގެން. މިހެން ހެދުމުން ފަސޭހަވާނެ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން ދޫކުރި ބިންތަނަށް ބައެއް ފަރާތްތަކުން އެއްލައްކަ ޑޮލަރާއި ދެ ލައްކަ ޑޮލަރުވަރު ދައްކާފައިވާ ކަމަށާ، ނަމަވެސް އެ މަސައްކަތް ނުކުރެވޭ ކަމަށެވެ.

"މި މަސައްކަތް ކުރާތާ ހަތް އަހަރުވީ ބިން ގަންނަން ލާރި ދިން ތާ. މިހެން ނޫ ބޭނު ންވަނީ. ބޭނުން ވަނީ ވުޖޫދަށް އަވަހަށް އައުން. ގެސްޓްހައުސް ތަކުން ރިސޯޓުތަކުން ދޭ ފެންވަރުގެ ހިދުމަތް ނުދެވިދާނެ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއް އެންމެ މަތީ ފަންތީގެ ތަންތަނަށް ބަދަލުވެގެންދާނެ ކަމަށެވެ. އޭރުން ބަޖެޓު މާކެޓަށް ހަމައެކަނި އޮންނާނީ ގެސްޓްހައުސް ކަމަށާ އެހެންކަމުން މި ދާއިރާ ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

"ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ރިސޯޓެއް ހުރިނަމަ އެ ހުންނާނީ ފަސް ތަރީގައި. އޭރުން އޭގެ ދަށުގައި މި ހުންނާނީ ގެސްޓްހައުސް ކެޓަގަރީ،"