ހޮލީވުޑް

ނާގިނީގެ ދިފާއުގައި ޖޭކޭ ރޯލިން

ވޯނާ ބްރަދާސްއިން ގެނެސްދިނުމަށް ތައްޔާރުވުން އަންނަ ފިލްމު "ފެންޓާސްޓިކް ބީސްޓް: ދި ކްރައިމްސް އޮފް ގްރިންޑަލްވޯލްޑް" ގެ އެންމެފަހު ޓްރެއިލާ ވަނީ މިދިޔަ ހަފްތާގައި ދޫކޮށްލާފައި އެވެ.

ޓްރެއިލާއާއި ގުޅިގެން ތަފާތު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެގޮތުން އެންމެ ގަދައަށް ދެކެވީ ޓްރެއިލާގައި ދައްކާ ހަރުފަޔަކަށް ބަދަލުވާ އަންހެން މީހާގެ ވާހަކަ އެވެ. އެ ރޯލަށް އޭޝިއާ ނަސްލުގެ މީހެއް ނަގާފައިވުމުން ބައެއް މީހުން ވަނީ ފާޑުކިޔާފައި އެވެ.

އެ ރޯލު ކުޅެނީ ކޮރެއާގެ އެކްޓްރެސް ކްލައުޑިއާ ކިމް އެވެ. ނާގިނީގެ ނަން ދީފައިވާ ކްލައުޑިއާގެ ރޯލަކީ މި ފިލްމުގެ ވިލަން ވޮލްޑަމޯޓްގެ އަޅެކެވެ. ފާޑުކިޔުން ފެށުނީ އެހާއި ހިސާބުންނެވެ. އޭޝިއާ ނަސްލަށް ނިސްބަތްވާ އެކްޓްރެސްއަކަށް ވުމުން ދަށް ރޯލެއް (އަޅެއްގެ ރޯލެއް) ދިނީ ކަމަށް ބުނެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަދި ސްކްރީޕްލޭ ތައްޔާރުކުރީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިން ވަނީ މި ވާހަކަތަކަށް ރައްދުދީފައި އެވެ. ކްލައުޑިއާގެ ދިފާއުގައި ރޯލިން ބުނީ މި ފިލްމުގައި ނާގިނީގެ ރޯލު ގެނެސްދީފައި ވަނީ އިންޑޮނޭޝިއާގެ ބޯދާ ވާހަކައެއް ކަމުގައިވާ "ދި ނަގާ" އަށް ބިނާކޮށް ކަމަށެވެ. ފިލްމަށް އޭޝިއާ ނަސްލުގެ އެކްޓްރެސްއެއް ނަގަންޖެހުނީ އެހެންވެ ކަމަށް ރޯލިން ބުންޏެވެ.

"ފެންޓާސްޓިކް ބީސްޓް: ދި ކްރައިމްސް އޮފް ގްރިންޑަލްވޯލްޑް" ގެ އެންމެފަހު ޓްރެއިލާ.

މި ފިލްމުގައި ވިލަން، ވޯލްޑަމޯޓްގެ ރޯލު ކުޅުމަށް ޖޯނީ ޑެޕް ނެގުމުންވެސް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި އެވެ. އެއީ ޖޯނީގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އައިސްފައިވާތީ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައި އެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ ނޮވެމްބަރު މަހު 16 ގައި އެވެ.