ކްރިސްޓިއާނާ ރޮނާލްޑޯ

އަހަރެން ކުޅެނީ އެވޯޑް ހޯދާކަށް ނޫން: ރޮނާލްޑޯ

އޭނާ ކުޅެނީ އެވޯޑް ހޯދަން ނޫން ކަމަށާއި ޓީމު މޮޅުކޮށްދޭން ކަމަށް ޔުވެންޓަސްގެ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، އޭނާގެ ކުރީގެ ޓީމު މޭޓް ލުކަ މޮޑްރިޗަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރި އިންސްޓަގްރާމް ޕޯސްޓްގައި ރޮނާލްޑޯ ބުނީ، އިނާމު ވާނީ އިނާމަށް ކަމަށާއި އޭނާ އަތުގައި މިހާރުވެސް ފުދޭވަރަކަށް އިނާމު އެބަހުރި ކަމަށެވެ.

ރޮނާލްޑޯ ވަނީ، އެންމެ މޮޅު ގޯލްގެ އެވޯޑް ގެންދިޔަ ލިވަޕޫލްގެ މުހައްމަދު ސަލާހްއަށްވެސް މަރުހަބާ ކިޔާފަ އެވެ. ނަމަވެސް އޭނާ ބުނީ އެންމެ މޮޅު ގޯލަކީ އޭނާގެ މިހާރުގެ ޓީމު ޔުވެންޓަސް ކޮޅަށް ޗެމްޕިއަންސް ލީގްގައި ޖެހި ގޯލް ކަމަށެވެ.

"ހިނގާ ތެދަށް ވާހަކަ ދައްކަމާ އަހަރެން ޖެހި ގޯލަކީ އެންމެ މޮޅު ގޯލް." ރޮނާލްޑޯ އިންސްޓަގްރާމްގައި ބުނެފައިވެ އެވެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ފީފާގެ އެވޯޑް ހަފުލާއަށް ރޮނާލްޑޯ ގޮސްފައެއް ނުވެ އެވެ. އޭނާ ވަނީ އެ ވޯޑާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފަ އެވެ.

"އިނާމު ވަނީ އިނާމަށް، މިހާރުވެސް އަހަރެން އަތުގައި ފުދޭވަރަކަށް އެބަހުރި..." އޭނާ ލިޔެފައި ވެއެވެ. "އަހަރެން ކުޅުނީ މޮޅުވާން، އިނާމު ހޯދާކަށް ނޫން، 15 އަހަރު ވަންދެން އެންމެ މަތީ ލެވަލްގައި އަހަރެން ކުޅެފިން އަހަރެން ފަހްރުވެރިވޭ އަހަންނަށް ހޯދުނު ކާމިޔާބާ މެދު."