ވިޔަފާރި

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ގދ. ގައްދޫއަށް

Oct 1, 2018

ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގދ. ގައްދޫ އަށް ތައާރަފްކޮށްފި އެވެ.

މިކަމުގެ އުފަލުގައި އުރީދޫ އިން ތައާރަފްކޮށްފައިވާ ހާއްސަ އޮފަރ އެއް މެދުވެރިކޮށް، 25 އޮކްޓޯބަރު 2018 ގެ ކުރިން އުރީދޫގެ ސުޕަރނެޓްގެ ހިދުމަތް ހިޔާރު ކުރައްވާ ބޭފުޅުންނަށް، ބާރަ މަހުގެ ނިޔަލަށް ވަރަށް ހާއްސަ ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ. ގައްދޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ހިދުމަތް ގުޅައިދިނުމަށް އިތުރު ފީއެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައި އެވެ.

އުރީދޫގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ ިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދޭ އެތަކެއް ބައިނަލްއަޤްވާމީ ވަސީލަތްތަކާއި އާންމުން ގުޅުވާދިނުމުގައި، ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް ވަރަށް މުހިއްމު ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން ކަމަށެވެ.

"އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ޚާއްސަ އިސްކަމެއް ދެން. އަދި، މި މަސައްކަތުގެ ތެރެއިން، ގދ. ގައްދޫ އަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދީގެން ގައްދޫގެ ރައްޔިތުން ގުޅުވާލަދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒު ވިދާޅުވި އެވެ.

ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖްތަކެއް އުރީދޫ އިން ފޯރުކޮށްދެ އެވެ. އަދި މި ހި ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.
ގައްދޫ އަށް ސުޕަނެޓްގެ ހިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރ އަކީ ޝައިން އިންވެސްޓްމެންޓްސް އެވެ.