ބޮލީވުޑް

ރަންބީރާއި ކަރީނާގެ މާމަ މަރުވެއްޖެ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް، ރާޖް ކަޕޫރްގެ އަންހެނުން ކްރިޝްނާ ރާޖް ކަޕޫރް މިއަދު ހެނދު މަރުވެއްޖެ އެވެ.

މަރުވިއިރު ކްރިޝްނާގެ އުމުރަކީ 87 އަހަރެވެ. އޭނާ މަރުވީ ސްޓުރޯކެއް ޖެހިގެންނެވެ.

ރާޖް ކަޕޫރްއާއި ކްރިޝްނާ ކައިވެނިކުރީ މެއި 1946 ގައި އެވެ. އެ ދެމީހުންގެ ފަސް ކުދިންވެސް ތިބެ އެވެ. އެއީ މިހާރުގެ މަޝްހޫރު އެކްޓަރުން ކަމުގައިވާ ރިޝީ ކަޕޫރް، ރަންދީރް ކަޕޫރް، ރާޖީވް ކަޕޫރް، ރީތޫ ކަޕޫރް އަދި ރީމާ ކަޕޫރް އެވެ.

މާމަ ދަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ ކަރިސްމާ ކަޕޫރާއި ކަރީނާ ކަޕޫރާއި ރަންބީރު ކަޕޫރު ހިމެނެ އެވެ.

ކްރިޝްނާގެ ޖަނާޒާ މިއަދު މެންދުރު ބާއްވާ ގޮތައް ވަނީ ނިންމާފައި އެވެ.