މޯލްޑިވްސް ޕޮލިސް ސާވިސް

ސީޕީއަކަށް ހަމްދޫން، ނަވާޒު އެންވާރުމަންޓަށް ބަދަލުކޮށްފި

Oct 1, 2018
12

އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒު، އެންވަޔަރުމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކޮށް، ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް، އޭސީޕީ ހަމްދޫން ރަޝީދު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

މި ބަދަލު ގެނެސްފައި މި ވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑްރިންގެ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހެޅި ކަމަށް އެމްއެމްއޭގެ އޮފިޝަލުން ޔަގީންކޮށްދީފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ، މިދިޔަ ހޮނިހިރު ދުވަހު އިއުލާން ކުރުމާ ވިދިގެން ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާތައް ވަނީ މިހާރު ރަސްމީކޮށް ފެށިފަ އެވެ.