ކުޅިވަރު

ބަރުލަސްކޯނީގެ އާ ކުލަބަށް ކަކާ ގެންދަނީ؟

އޭސީ މިލާންގެ ކުރީގެ އޯނަރު އަދި އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބަރުލަސްކޯނީގެ އާ ކުލަބު މޮންޒާއަށް މިލާން އާއި ބްރެޒިލްގެ ކުރީގެ ތަރި ރިކާޑޯ ކަކާ ގެންދަން އުޅޭ ވާހަކަ ފެތުރެން ފަށައިފި އެވެ.

ބަރުލަސްކޯނީ ވަނީ، 2016 ވަނަ އަހަރުގެ މިލާން ޗައިނާގެ ކުންފުންޏަކަށް ވިއްކާލާފަ އެވެ. އޭނާ މިހާރު ހިއްސާ އޮންނަ މޮންޒާއަކީ އިޓަލީގެ ތިން ވަނަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ކުލަބެކެވެ.

އިޓަލީގެ މަސްދަރަކާ ހަވާލަދީ ސްޕެއިގެން ކުޅިވަރު ނޫސް މާކާއިން ބުނީ ކުޅުންތެރިޔެއްގެ ގޮތުގައި ކަކާ އެ ޓީމަށް ގެންދަން މޮންޒާއިން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2007 ވަނަ އަހަރު ހޯދި ކަކާ ވަނީ މިދިޔަ ޑިސެމްބަރު މަހު ކުޅުން ހުއްޓާލަފަ އެވެ. ފަހުން މިލާންގެ އެގްޒެކެޓިވް މަގާމަކާ ކަކާ ހަވާލުވާން އުޅޭ ވާހަކަވެސް ދެކެވުނެވެ.

މިލާން އާއެކު ޗެމްޕިއަންސް ލީގް ދެ ފަހަރު ކާމިޔާބު ކުރި ކަކާ، މިލާންއަށް ގެނައީ ބަރުލަސްކޯނީ އެވެ. އެއީ 2002 ވަނަ އަހަރު އެވެ.