މެސީ

ރަނގަޅު ވާނީ މެސީ ގައުމީ ޓީމުން ރިޓަޔާ ކުރުން: މެރަޑޯނާ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން އެއީ އެންމެ އެދޭ ގޮތް ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ބުނެފި އެވެ.

އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަންވެސް ކުރި މެރަޑޯނާ ބުނީ، އާޖެންޓީނާއަށް ނާކާމިޔާބު ކުރިމަތިވާ ކޮންމެ ފަހަރަކު އޭގެ ޒިންމާ މެސީ ބޮލުގައި އެޅުވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. އޭނާ ވަނީ މެސީ ބޮލުގައި ނާކާމިޔާބުގެ ޒިންމާ އަޅުވާ ފަރާތްތަކަށް ފާޑު ކިޔުން އޮއްސާލާފަ އެވެ.

ކޮޕާ އެމެރިކާގައި 2016 ވަނަ އަހަރު ކުރިމަތިވި ނާކާމިޔާބާއެކު މެސީ ވަނީ ގައުމީ ޓީމުން ރިޓަޔާ ކޮށްފަ އެވެ. އޭގެ ފަހުން ނިންމުން އަނބުރާ ގެނެސް މެސީ ވަނީ ވޯލްޑް ކަޕު ކޮލިފައިން ފެށިގެން ގައުމީ ޓީމަށް އަލުން ކުޅެން ފަށާފަ އެވެ. ނަމަވެސް މިއަހަރުގެ ވޯޑްކަޕުގައި ކުރިމަތިވި ނާކާމިޔާބާއެކު މެސީ ވަނީ ގައުމީ ޓީމުން ބްރެކޭއް ނަގާފަ އެވެ.

މެރަޑޯނާގެ ލަފާ އަކީ މެސީ އަލުން ގައުމީ ޓީމަށް ނުދިއުމެވެ. އޭނާ ބުނީ މެސީ ނުލައި އާޖެންޓީނާއަށް ވަނީ ކިހާވަރަކަށްތޯ ބަލަން ޖެހޭ ކަމަށެވެ.

"އަހަރެން އޭނާ [މެސީ] ގާތު ބުނާނީ ދެން އިތުަށް ނުދާށޭ، އެމީހުންނަށް ވަނީ ކިހާވަރަކަށްތޯވެސް ބަލާލަން ޖެހޭ، މެސީ ނުލައި އެމީހުން ކިހާ ބޮޑެއް ތޯވެސް އެބަޖެހޭ ބަލާލަން،" ޔުނައިޓަޑް އަރަބި އެމިރޭޓްސްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރަމުން އަންނަ މެރަޑޯނާ ބުންޏެވެ. "އަހަރެން ބޭނުން އޭނާއާ ދިމާލަށް އެއްޗިހިކީ މީހުންނަށް ވަނީ ިހާވަރެއްތޯ ބަލާލަން، ސަބަބަކީ ނާކާމިޔާބު ވުމުގައި އޭނާގެ ބޮލަށް ޒިންމާއެއް ނުޖެހޭނެ."