ވިޔަފާރި

އުރީދޫ ކަލަ ރަންގައި މި އަހަރު ކައިޓް ފެސްޓިވަލަކާއި މިއުޒިކް ޝޯއެއް

Oct 2, 2018
1

މި އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ "އުރީދޫ ކަލަ ރަން" ފޯރި ގަދަ ކުރުމުގެ ގޮތުން ކައިޓް ފެސްޓިވަލަކާއި މިއުޒިކް ޝޯ އެއް ބާއްވަން ނިންމައިފި އެވެ.

ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްގެ ގޮތުގައި ދުވުން ޕްރޮމޯޓުކޮށްދޭ، އުރީދޫ ކަލަ ރަން 2018 އަށް ރަޖިސްޓްރޭޝަން މިއަދު ވަނީ ފަށާފަ އެވެ. ރީތި ޑިސްޕްލޭތަކާއި، ފޯރިގަދަ މަޑި އެރުވުމުގެ މުބާރާތެއް ހިމެނޭ މި ފެސްޓިވަލް އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ވަރަށް ކަމުދާނެ ހަރަކާތަކަށް ވާއިރު، މި ފެސްޓިވަލް ބޭއްވިގެންދާނީ ކަލާ ރަންގެ ކުރިން އެ ދުވަހުގެ ހެނދުނު ހުޅުމާލޭގައެވެ. އަދި ރަން ނިމުމަށްފަހު، ރޭގަނޑު 8.00 ކުން ފެށިގެން، ރާއްޖޭގެ ކުޅަދާނަ މިއުޒިކް އާޓިސްޓުން ހިމެނޭ މިއުސިކް ޝޯ އެއް ބޭއްވިގެންދާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ އުރީދޫ ކަލަ ރަން ފެށިގެންދިޔައީ، ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމުގައި ދުވުމުގެ ފައިދާ އަންގައިދިނުމުގެ އަމާޒާއި އެކު މި އަހަރު ކަލަ ރަން ވެގެންދާނީ މުޅި ދުވަހު ކުރިއަށްދާ، އުފާވެރި ފެސްޓިވަލެއް ކަމަށެވެ.

"އަޅުގަނޑުމެން ކަލަ ރަން އަށް ރަޖިސްޓަރ ކުރަން ހުޅުވާލައި، ރާއްޖޭގެ ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް، އުރީދޫ ކަލަ ރަން ގައި ބައިވެރިވުމަށް ދައުވަތު އަރުވަން،" ނިޔާޒު ވިދާޅުވި އެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރު އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ. މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން http://ore.do/colorrun މެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރކޮށް، އެބޭފުޅުން ބޭނުންވާ ކަލަރ ރަން ކިޓެއް ހިޔާރުކުރެވޭނެ އެވެ.