ވިޔަފާރި

ކޮކާކޯލާ ޕްރޮމޯޝަންގެ ނަސީބުވެރިން ހަފްތާއެއްގެ ޗުއްޓީއަށް ސިންގަޕޫރަށް ފުރައިފި

Jun 11, 2015

ކޮކާ ކޯލާއަށް 25 އަހަރު ފުރުމާ ދިމާކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ހަ ނަސީބުވެރިން ސިންގަޕޫރަށް މިރޭ ފުރައިފި އެވެ.

ކޮކާ ކޯލާގެ ޗެނަލް މެނޭޖަރު ވިދާޅުވީ މި ދަތުރުގައި ސިންގަޕޫރުގައި ފަސް ދުވަސް ހޭދަކުރާނެ ކަމަށެވެ.

"މި ދަތުރުގައި ސިންގަޕޫރުގެ މަޝްހޫރު ތަންތަނަށް ދިއުމަށް ހަމަޖެހިފައިވޭ. ޔުނިވާސަލް ސްޓޫޑިއޯ އާއި ސަންތޯސް އައިލެންޑަށްވެސް ދިއުމަށް ހަމަޖެހިފައިވޭ. މީގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވޭ،" ކޮކާކޯލާގެ ޗެނަލް މެނޭޖަރު އަބްދުﷲ ނަސީރު ވިދާޅުވި އެވެ.

ކޮކާ ކޯލާއިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ބައިވެރިކޮށްފައިވަނީ ކޯކް ފުޅީގެ ދަށުގައި އިންނަ ނަމްބަރު 2626 އަށް މެސެޖުކުރި ފަރާތްތަކެވެ. މީގެ ތެރެއިން ހަ ބައިވެރި އެއް ހޮވާފައިވެ އެވެ.

މި ދަތުރުގައި ބައިވެރި ބައިވެރިން ބުނި ގޮތުގައި މިފަދަ ފުރުސަތެއް ލިބުމަކީ އުފާވާ ކަމެއް ކަމަށެވެ.

"މިފަދަ ދަތުރެއް ލިބުމުން ބުނާނެ އެއްޗެއް ވެސް ނޭނގުނު،" ދަތުރުގައި ބައިވެރި އަހުމަދު އަޝްރަފު ބުންޏެވެ.

ކޮކާކޯލާ އިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ސިންގަޕޫރު ދަތުރުގެ އިތުރުން ޔަމަހާ 12 ސައިކަލްވެސް އިނާމަކަށް ދީފައިވެ އެވެ.