ނިއު އެޑިޝަން

ޓީޗަރުންގެ ދުވަހަށް ހަދިޔާގަންނަން ދާންވީ ނިއު އެޑިޝަނަށް!

މި މަހު ފަހެއްގައި ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ޓީޗަރުންނަށް ހަދިޔާކުރުމަށް ހާއްސަ ގިފްޓުތަކެއް ގަންނަން ލިބޭނެކަމަށް ނިއު އެޑިޝަން ފިހާރައިން ބުނެފި އެވެ.

އެގޮތުން ޓީޗަރުން ހާއްސަ ގިފްޓު ޕެކްތަކެއް ވަނީ ތައާރަފުކޮށްފައި އެވެ. މި ގިފްޓް ޕެކުގައި އެ ފިހާރައިން ލިބެންހުރި ތަފާތު ކޮސްމެޓިކްސް ސާމާނުތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ސެންޓާއި އަދި ތަފާތު މޭކަޕް ސާމާނުތައްވެސް ހުންނާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.

ނިއު އެޑިޝަންއަކީ ދުނިޔޭގެ މަޝްހޫރު ކޮސްމެޓިކްސް މޭކަޕް ބްރޭޑެއް ކަމުގައިވާ "ނޯޓް" ކޮސްމެޓިކްސް ރާއްޖެ އެތެރެކޮށް މާކެޓްކުރާ ފަރާތެވެ.

"ނޯޓް" ކޮސްމެޓިކްސް އިންވެސް 15 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައި އެވެ. މިއަދު ފެށިގެން އަންނަ ހޮނިހިރު ދުވަހާއި ހަމައަށް އެ ބްރޭންޑް ކޮސްމެޓިކްސްއިން ޑިސްކައުންޓް ލިބޭނެ އެވެ.

ނިއު އެޑިޝަނުން ވަނީ ޓީޗަރުންގެ ދުވަހަށް ހާއްސަކޮށް 500 ރުފިޔާއާއި 5000 ރުފިޔާ ދެމެދުގެ ގިފްޓް ވައުޗާތަކެއްވެސް ތައާރަފުކޮށްފައި އެވެ. އެ ގިފްޓް ވައުޗާތައް ބޭނުންކޮށްގެން އެ ފިހާރައިން ލިބެންހުރި ތަފާތު ކޮސްމެޓިކްސް ސާމާނުތައް ގަނެވޭނެ އެވެ. ގިފްޓް ވައުޗާތައްވެސް ޑިސްކައުންޓް އަގުގައި ލިބޭނެ އެވެ.

"ގިފްޓު ޕެކާއި ނޯޓްގެ ޑިސްކައުންޓް އަދި ގިފްޓް ވައުޗާ މި ތައާރަފުކުރީ ޓީޗާރުންގެ ދުވަހު، ޓީޗަރުން ތަފާތު ރަނގަޅު ހަދިޔާއެއް ދޭން ބޭނުންވާ ކުދިންނަށް ފަސޭހަކޮށްދިނުމަށް، ވަރަށް ހެޔޮ އަގެއްގައި މި ގިފްޓް ޕެކްސްތައްވެސް މި ދޫކޮށްލަނީ،" ނިއު އެޑިޝަންއިން ބުންޏެވެ.