ހަބަރު

އިބޫ އެމްއެމްއޭއަށް ވަޑައިގެން ވެރިންނާ ބައްދަލުކުރައްވައިފި

Oct 3, 2018
3
މާލެ 3، އޮކްޓޫބަރު 2018: އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްއޭގެ ސީނިއަ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ: އެމްޑީޕީ
0%
0%
0%

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މަރުކަޒީ ބޭންކުގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ގަވަރުނަރު އަހުމަދު ނަސީރުގެ އިތުރުން، އެމްއެމްއޭގެ ސީނިއަ ހުރިހާ މުވައްޒަފުންހެން ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

އިންތިހާބީ ރައީސް އިބޫ އެމްއެމްއޭގެ އިސްވެރިންނާ ބައްދަލު ކުރެއްވިއިރު، މީގެ ކުރިން ގަވަރުނަރު އަހުމަދު ނަސީރު ވަނީ އިބޫއާ ބައްދަލު ކުރައްވާފަ އެވެ.

މިދިޔަ މަހުގެ 23 ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމަށްފަހު ދަނީ ދައުލަތުގެ ގިނަ އަދަދެއްގެ މުއައްސަސާތަކާ ބައްދަލު ކުރައްވަމުންނެވެ. އަދި ސަރުކާރުގެ ބާރުތައް ބަދަލު ކުރުމުގެ ދަނީ ކުރަމުންނެވެ.

ނިމިދިޔަ އިންތިހާބުގައި 262،135 މީހުންގެ ތެރެއިން 89.22 ޕަސެންޓް މީހުން، 233،877 މީހުން ވަނީ ވޯޓްލާން ނިކުމެފަ އެވެ. އެހެންކަމުން ވޯޓްލާން ނިކުތް މީހުން ނޫނީ ވޯޓާސް ޓާންއައުޓަކީ 89.22 ޕަސެންޓެވެ. ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ވޯޓްލާން ނުނިކުމެ ތިބީ، 28،258 މީހުން އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910