ޕްރިޔާންކާ ޗޯޕްރާ

ޑޭޓުކުރާ އެޕްއަކަށް ޕްރިޔަންކާ އިންވެސްޓު ކުރަނީ

ޑޭޓިން އެޕެއް ކަމުގައިވާ "ބަންބުލް" އިންޑިއާއަށް ތައާރަފުކޮށް ފުޅާކުރުމަށް ޕްރިޔަންކާ ޗޯޕްރާ އިންވެސްޓުކުރި ކަމަށް އޭނާ ބުނެފި އެވެ. މި އެޕް އިންޑިއާއަށް ތައާރަފުކުރަނީ މި އަހަރު ފަހުކޮޅުގަ އެވެ.

އިންވެސްޓުކުރުމުގެ އިތުރުން މި އެޕްގެ ޕާޓްނަރެއް އަދި އެޑްވައިޒަރެއްގެ ގޮތުގައި ވެސް ޕްރިޔަންކާ ހަރަކާތްތެރިވާނެ އެވެ. ޕްރިޔަންކާ މި މި އެޕްއަށް އިންވެސްޓުކުރީ ޑޭޓުކުރާ އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

"އަހަރެން އަބަދުވެސް ގަބޫލުކުރަން އަންހެނުންގެ ކަމަކަށް އިންވެސްޓުކުރުމަކީ ގައުމެއްގެ އިޖުތިމާއި އަދި އިގުތިސާދީ ހާލަތު ކުރިއަށް ދާނެ ކަމެއް،" ޕްރިޔަންކާ ނެރުނު ބަޔާނެއްގައި ބުނެފައި އެވެ.

ގްލޯބަލް އައިކަންއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޕްރިޔަންކާއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރި އެވެ. އޭނާ ވަނީ ހޮލީވުޑް ފިލްމުތަކާއި އެމެރިކާގެ ޓީވީ ސީރީޒެއްވެސް ކުޅެފައި އެވެ.

ދާދިފަހުން ޕްރިޔަންކާ ވަނީ އެމެރިކާގެ ކޯޑިން ސުކޫލްއަށް ވެސް އިންވެސްޓުކޮށްފައި އެވެ.