(2 އޮކްޓޯބާރ 2018 އާ ގުޅޭ)
"ނިމް..." އިވިގެންދިޔައީ ޒިވަންގެ އަޑެވެ. އެއާއެކު ނިމްރާގެ ފެންކަޅިވެފައިވާ ދެ ލޯ ޒިވަންއަށް ފެނިގެންދިޔައެވެ.
ނިމްރާ މޫނު އަނބުރާލަމުން ޒިވަންގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ. ނަމަވެސް ނިމްރާއަށް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް ހުސިޔާރުވެ ހުރި ޒިވަން އަލުން ހިފައިފިއެވެ. އެވަގުތު ޒިވަންގެ ފޯނު ވެސް ރިންގުވާން ފެށިއެވެ. ފަޓުލޫނު ޖީބުން ފޯނު ނަގައި ބަލާލިއިރު ގުޅަނީ ހޮޓެލްގައި އެވަގުތު ހުރި ސެކިއުރިޓީ އިންޗާޖެއެވެ. އެ ކޯލަށްވުރެ ނިމްރާއަށް ވެފައި ހުރި ގޮތެއް އޮޅުންފިލުވުން މުހިންމުކަމުގައި ޒިވަން ދުށްޓެވެ. އެހެންވެ އަނެއްކާ ވެސް ސަމާލުކަން ނިމްރާއަށް ހުއްޓާލިއެވެ.
"ނިމް، ޔޫ އާ ކްރައިންގް، ވަޓް ހެޕެން، ވަޓްސް ގޮއިން އޮން" ޒިވަން ސުވާލުކުރިއެވެ. އެހިނދު ނިމްރާ ތުންފިއްތާލީއެވެ. ނަމަވެސް ލޮލަށް ޖަމާވެފައިވި ކަރުނައެއް ނުހިފެއްޓުނެވެ. ނިމްރާ އެއްޗެއް ބުނޭތޯ ދެވަނަ ފަހަރަށް ޒިވަން އެއްޗެކޭ ބުނަންވާއިރަށް އޭނާގެ ފޯނު އަނެއްކާ ވެސް ރިންގުވިއެވެ.
"ވަޓް؟" ކަންފަތުގައި ފޯނު ޖައްސާލުމާއެކު ޒިވަން ބުނެލީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް އޭނާގެ މޫނުގެ ކުލަ ވަގުތުން ބަދަލުވެގެންދިޔައެވެ. ޒިވަންގެ ނަޒަރު ނިމްރާއަށް ހުއްޓިގެންދިޔައީ ވެސް ފޯނުގައި ހުރެއެވެ. ޒިވަން އެއްވެސް ވާހަކައެއް ނުދައްކާ ހަމައެކަނި ހޫން ލައްވާލުމަކަށްފަހު ފޯނުކޯލު ނިންމާލިއެވެ.
"މިޢުވާނު... އޭނާ އައީ ދޯ" ޒިވަން ބުނެލިއެވެ. ނިމްރާ އިސްޖަހާލައިގެން ހުރިއިރު އޭނާއަށް ރޮވެނީއެވެ. ޒިވަންގެ އަތް ނައްޓުވާލަން އަތް ދަމައި ވެސް ގަތެވެ. އެހެންނަމަވެސް އޭނާގެ އަތުން ޒިވަން ހުރީ ދޫކޮށްލާ ފަދަ ގޮތަކަށް ނޫނެވެ.
"އޭނާގެ ކަންތައް އެ ދިޔައީ މާ މައްޗަށް، ހިނގާ ނިމް، އޭނާދެކެ ނިމް ބިރުގަންނާކަށް ނުޖެހޭނެ، މިއަދު މީ އޭނާ ނިމްއާ ދިމާކުރާނޭ އެންމެފަހު ދުވަސް" ދަތްކުނޑިވިކާލައިގެން ހުރި ޒިވަން އައިސްފައި ހުރި ރުޅި ކޮންޓްރޯލުކުރެވޭތޯ މަސައްކަތްކުރިއެވެ. ނިމްރާގެ އަތުގައި ހިފައިގެން ހުރެ ހިނގައިގަންނަން އުޅުނު ހިނދު ޒިވަންގެ އަތުގައި ނިމްރާ ހިފެހެއްޓިއެވެ.
"ޓޭކް މީ އައުޓް އޮފް ހިއާ... ޒިވަން ޕްލީޒް... އައި ޖަސްޓް ނީޑް ޓު ގެޓް އައުޓް އޮފް ހިއާ" ރުއިމާ އެކުވެފައިވި އަޑަކުން ނިމްރާ ބުނެލިއެވެ. ޒިވަންއާ ހަތަރުކަޅި ހަމަކޮށްލާނޭ ހިތްވަރެއް އޭނާގެ ނެތެވެ. ނިމްރާ ރޮނިކޮށް ޒިވަންއަށް ފެނުނު ފުރަތަމަ ފަހަރެވެ. އޭނާ މަސަލަސްކޮށް ބޭބެއެއްގެ ހިމާޔަތުގެ ދަށަށް ގެނައުމުގެ ޖަޒުބާތު ޒިވަންގެ ހިތުގައި ހިނގައިގަތެވެ. އޯގާތެރިކަމާއެކު ނިމްރާގެ ކޮނޑުގައި ހިފަހައްޓާލައި ގާތްކޮށްލުމާއެކު އޭނާ ގެނެސް ކާރުގެ ކުރިއަށް އެރުވިއެވެ. އެއަށްފަހު ކާނުގެ ތެރެ ތާށިވެ ހަލާކުވެފައި އޮތް ބޫޓުކިބަ ނަގައިގެން ގެނެސް ކުޑަކަކޫ ޖެހޭހާ ތިރިވެލައި ނިމްރާގެ ފައިތިލައަށް ލައްވާލަދިނެވެ. ޒިވަންގެ އެ އޯގާތެރިކަން އިތުރަށް ނިމްރާގެ ހިތްރޮއްވާލިއެވެ.
ނިމްރާ ގޮވައިގެން ކާރުގައި ހޮޓެލްގެ ބޭސްމެންޓުން ޒިވަން ނުކުތްއިރު ސެކިއުރިޓީ ސްޓާފުން މިޢުވާނު ހޮޓެލުން ބޭރަށް ނެރެނީއެވެ. އެ މީހުންނާއެކު އަރްސަލް ވެސް ހުއްޓާ ޒިވަންއަށް ފެނުނެވެ. އެހެންނަމަވެސް ހާލަތުގެ ގޮތުން އަރްސަލް ގާތު އެއްޗެއް ބުނާނޭ ފުރުޞަތެއް ނެތެވެ. އިސްޖެހިފައި އިން ނިމްރާ ކާރުގެ ދޮރާ ދިމާއަށް މޫނު އަނބުރާލީ ޒިވަންއަށް އޭނާގެ މޫނު ނުދައްކަންކަން އޭނާ ދެނެގަތެވެ. ހަމައެއާއެކު ނިމްރާގެ ހަރަކާތްތައް ހުރި ގޮތުން އޭނާ ނުރޯން މަސައްކަތްކުރާކަން ވެސް އެނގެއެވެ. ދޭތެރެއަކުން ނިމްރާ ދެއަތްތިލަ މުއްކަވާލައެވެ. އަމިއްލަ ނަފްސު ނުހިފެއްޓިގެން އުޅޭ ކަހަލައެވެ.
"ނިމް، ވެއާ ޑޫ ޔޫ ވޯންޓް ޓު ގޯ" ކާރު ދުއްވަމުން ހޮޓެލާއި ވަރަށް ދުރަށް އާދެވުމާއެކު ޒިވަން އަހާލިއެވެ. ބަނަކޮށް އޮވެފައި ވާރޭ ވެސް އޮއްސާލީ މެންދުރުވީ ފަހުންނެވެ. ވާރޭގައި ނިމްރާ ގޮވައިގެން ދާނޭތަނެއް ޒިވަންގެ ސިކުނޑިއަކަށް ނައެވެ.
"ޖަސްޓް އެނީވެއާ... ސަމްވެއާ... އަ ޕްލޭސް ވެއާ އައި ކުޑް ޖަސްޓް ބްރީތް، އަވޭ ފްރޮމް ހިމް" ނިމްރާ ވާހަކަދެއްކިއިރު ގިސްގެ އަޑު ބޭރުވިއެވެ. މިވަގުތު އޭނާއަށް ރަނގަޅަކަށް ނުވިސްނެއެވެ. ސިކުނޑީގައި ތަކުރާރުވަމުންދިޔައީ މިޢުވާނާއި އަރްސަލްގެ ދެމެދުގައި ދެކެވުނު ވާހަކަތަކެވެ. އަނެއްކޮޅުން ކީފާ އެކިފަހަރުމަތިން ބުނެފައިވާ ބުނުންތަކާއި ފޯނަށް އައިސްފައި ހުރި ފޮޓޯއާއި ވީޑިއޯގެ ހަނދާންތައް ވެސް ނިމްރާގެ ވިސްނުމާ ކުޅެމުންދިޔައެވެ. ހިތްބަލިކަށިވެ ގޮތް ހުސްވެއްޖެކަމުގެ އިޙްސާސް ކުރެވެމުންދިޔައެވެ. ނިމްރާގެ ހާލާމެދު ޒިވަން އިތުރަށް ކަންބޮޑުވިއެވެ.
ޒިވަން ކާރުގައި އައިސް މަޑުކޮށްލީ ހުޅުމާލޭގެ މަގެއްގައެވެ. އޭރު ވެސް ނިމްރާގެ ރުއިމަށް ބަދަލެއް ނާދެއެވެ. ނިމްރާގެ ފޯނު ރިންގުވާން ފެށުމުން އޭނާގެ އަތްދަބަހުން ފޯނު ނެގިއެވެ. ދެއަތުން ފޯނު ހިފަހައްޓާލައިގެން އިސްކުރީނަށް ބަލަން ނިމްރާ އިނީއެވެ. އިސް އޮބާލައިގެން އިން ގޮތުން ލޮލަށް ޖަމާވާ ކަރުނަތިކި ސީދާ އުނގަށް ވެއްޓެމުންދިޔައެވެ. ނިމްރާގެ އަތުގައި އޮތް ފޯނުގެ އިސްކުރީނަށް އަރްސަލްގެ ނަން އަރާފައިވާތަން ޒިވަންއަށް ފެނުނެވެ. ކޯލު ކެނޑުމުން ނިމްރާ ފޯނު ސައިލެންޓެއް ލައި ދަބަހުގެ ތެރެއަށް ލިއެވެ. މޫނުގައި ދެއަތް އަޅައި ފޮރުވާލަމުން ނިމްރާ ކުރިއަށް ގުދުވެލިއެވެ. އޭނާގެ ރުއިން ބާރުވެ ގިސްލާ އަޑު ކާރުގެ ތެރެއަށް ފެތުރިގެންދިޔައެވެ.
"ނިމް... ޝެއާ ވިތް މީ، ޕްލީޒް... ތިހެން ރޯތާ ކިހާއިރެއް، ނިމް ޕްލީޒް... ޓެލް މީ އެވްރިތިންގް ލިޓްލްވަން، އައި މައިޓް ބީ އޭބަލް ޓު ހެލްޕް ޔޫ" ނިމްރާގެ ކޮނޑުގައި ޒިވަން އަތް ބާއްވާލައި ފިރުމާލިއެވެ.
"ހީ ވޯޒް ފޭކިންގް އިޓް އޯލް ދިސް ޓައިމް... ހީ އިޒް އަ ފޭކް އެންޑް އަ ލަޔާރ، އިންފެކްޓް ދި ގްރޭޓަސްޓް ލަޔާރ އޮފް އޯލް، ހީ ޓްރޫލީ އިޒް ދި ޑެވިލް" ނިމްރާ ގިސްލަމުން ވާހަކަދެއްކިއިރު އޭނާގެ އަޑުގައި ހިތްދަތިކަމާ އެއްވަރަށް ރުޅިވެރިކަންވިއެވެ. އޭނާގެ ހިތާއި ސިކުނޑި ފުނޑުފުނޑުވެދާނޭ ހީވާ ކަހަލައެވެ. މިހާ ދުވަހު ނިމްރާގެ ލޮލުގައި އަރްސަލް އެޅުވި އަނދުނެއްކަމުގައި ހުރިހާކަމެއް ވެ ނިމެއްޖެއެވެ. އޭނާއަށް އިޙްސާސް ކުރެވެމުންދިޔައީ ވަށައިގެންވި ކުލަރީތި މަންޒަރު ރެނދުލައި ތެޅެމުންދަނިކޮށް ހަޤީޤަތުގެ ތެރެއަށް ނިމްރާގެ ލަފުގައި ހިފައި އަނިޔާވެރިކަމާއެކު އެއްލާލި ފަދައިންނެވެ. މޭފިތި ނޭވާ ނުލެވި ހިތުގެ ލޭ ހިނގުން ހުއްޓި މީހާ މަރުވެދާނޭހެން ވެސް ނިމްރާއަށް އިޙްސާސްވަމުންދިޔައެވެ.
"ވަޓް؟... އަރްސަލްތަ؟ ނިމް... އޭނާ... އޭނާ ނިމްއަށް ދެރަގޮތެއްވިޔަކަ ނުދޭނެ، ނިމްދެކެ އަރްސަލް ވަރަށް ލޯބިވޭ، ކައިވެނިކުރަން ހުރިހާކަމެއް ހަމަޖެހިފައި އޮއްވާ އެކަމަށް ހުރަސް އެޅިދާނޭ އެއްވެސް ކަމެއް އޭނާ ހިޔެއްނުވޭ ކުރާނޭހެން" ޒިވަން އިނީ ހައިރާންވެފައެވެ. އޭނާ ހީކޮށްގެން އިނީ ނިމްރާ އެވަރަށް އެ ރޮނީ މިޢުވާނުގެ ސަބަބުން ކަމަށެވެ. ހިތުގައި ރުޅިވެރިކަމުގެ އޮއިވަރެއް ހިނގައިގަތީ ވެސް މިޢުވާނާ މެދުއެވެ. އެކަމަކު ނިމްރާގެ ވާހަކަ ހުރި ގޮތުން އޭނާ އެ ދައްކަނީ މިޢުވާނުގެ ވާހަކަ ނޫންކަން ޒިވަންއަށް ޔަގީންވިއެވެ.
"އައި ހޭޓް ހިމް، އައި ރިއަލީ ހޭޓް ހިމް... އައި ރިއަލީ ރިއަލީ ހޭޓް ހިމް، އައި ޑޯންޓް ވޯންޓް ޓު ސީ ހިމް އެނީމޯ، އައި ޑޯންޓް ވޯންޓް ޓު ގޯ ހޯމް އެނީމޯ... އެއީ އަހަރެންގެ ގެއެއްނޫން، އެއީ އޭނާ އަހަރެން ގެންގޮސް ވެއްދިތަނެއް، ބޭނުމެއްނޫން އެނބުރި ދާކަށް" ނިމްރާ ގިސްލަމުން ވާހަކަދެއްކިއެވެ. އޭރު އުނގުގައި ބާއްވާލެވިފައި އޮތް ދެއަތްތިލަ ޖޯޑުކޮށްލައި ބާރުކޮށްގެން ނިމްރާ އިނެވެ.
"ހިއާ، ޓޭކް ދިސް" ޒިވަންގެ ޖީބުން ނެގި ޓިޝޫ ޕެކެޓެއް ނިމްރާއަށް ދިއްކޮށްލިއެވެ.
"އަރްސަލް ކީއްކުރީ؟" އިރުކޮޅަކު އިނދެފައި ޒިވަން ސުވާލުކުރިއެވެ. އޭނާގެ އަޑުގައި ކުރިން ހުރި އޯގާތެރިކަމަށްވުރެ ސީރިއަސްކަމާއި ހަރުކަށިގޮތެއް ހުއްޓެވެ.
"އައި ނެވާ ބީ ގުޑް އިނަފް ފޯ ހިމް... އެވްރިތިންގް... އިޓްސް ޖަސްޓް އެން އިލޫޝަން" ނިމްރާ ބުނެލިއެވެ. އޭނާ ބުނި އެއްޗެއް މާނަކުރަން ޒިވަންއަށް އުނދަގޫވިއެވެ.
* * * * *
އަރްސަލްގެ ޠަބީޢަތް މިޢުވާނުގެ ސަބަބުން ހަރާބުވިއެވެ. އެހެންވިޔަސް ނިމްރާއަށް އެއިން އެއްވެސް ކަމެއް ދައްކާކަށް އޭނާ ބޭނުމެއްނޫނެވެ. ސެކިއުރީ ސްޓާފުން އައުމުން މިޢުވާނު ދެކޮޅު ހެދުމެއްނެތި ހޮޓެލުން ނުކުންނަން ދިޔައެވެ. އެ މީހުންނާއެކު ހޮޓެލްގެ ދޮރުމައްޗަށް އަރްސަލް ނުކުތެވެ. މިޢުވާނު މަގުމައްޗަށް ނުކުންނަން ދެން އޭނާ މަޑުކުރިއެވެ. އަދި އެތެރެއަށް ވަން ގޮތަށް ޕްރައިވެޓް އެލެވޭޓާއާ ދިމާއަށް އައީ ނިމްރާގެ ގާތަށް ދިއުމަށެވެ.
ޕެންޓްހައުސްއަށް ވަން އަރްސަލްއަށް ނިމްރާ ނެތްކަން އެނގުމުން ވަގުތުން ނިމްރާއަށް ގުޅަން ފޯނުނެގިއެވެ. ނިމްރާ ގުޅާފައި އޮތްތަން އަރްސަލްއަށް ފެނުނީ ދެނެވެ. އަވަހަށް ނިމްރާގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ނަމަވެސް ރިންގުވެފައި ކޯލު ކެނޑެނީއެވެ. ނިމްރާ ފޯނުކޯލަށް ޖަވާބެއް ނުދިނެވެ. ހާސްވެ ކަންބޮޑުވުމާއެކު ނިމްރާއަށް އޭނާ މެސެޖުކުރިއެވެ. ހުރިތަނެއް އެނގެން ބޭނުންވާކަން ހާމަކޮށްފައެވެ. ނިމްރާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އަރްސަލް ގުޅީ އޮފީހުގައި އިން ރާދިންއަށެވެ. އޭނާ ނިކަން އަވަހަށް އެޕާޓްމެންޓަށް އައެވެ. އޭރު ހާސްވެފައި ހުރެ ފޯނު އަތަށް ލައިގެން ދެ ކޮޅަށް ހިނގާލަ ހިނގާލައި އަރްސަލް ހުއްޓެވެ.
"އަރްސަލް އޭރު ތިރިއަށް ދިޔަތަނާހެން ކަހަލަ ގޮތަށް ނިމް ގުޅި އަހަންނަށް، އަހަރެން ބުނިން އަރްސަލް ތިރިއަށޭ ދިޔައީ މީހަކު އައިސްގެން" ރާދިން ކިޔައިދިނެވެ.
"އަހަރެން ނުދެކެން... އެނގޭތަ ކާކުކަން އައީ؟ މިޢުވާނު" އަރްސަލް ބުނެލިއެވެ.
"ވަޓް... ދެޓް އޭ ހޯލް... މިފަހަރު ކީއްކުރަންށޯ އެއައީ... އޭނާ އަތުވެއްޖެއްޔާ ކޮންމެވެސް ކަމެއް ގޯސްވާނެ" ރާދިން މޫނު ހަދާލިއެވެ.
"ސްކާލެޓް ދިޔަތަނެއްނު ބަލަންވީ އިހަށް" އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން އަރްސަލް ބުނެލިއެވެ.
"ސީސީޓީވީ ބަލަންވީނު، ޒޭވިއާ ކޮބާ؟ އޭނާއަށް ގުޅާބަލަ" ރާދިން ޚިޔާލު ދިނެވެ. އަރްސަލްއަށް އެ ޚިޔާލު ކަމުދިޔައެވެ. އޭނާ ޒިވަންއަށް ގުޅަމުން ކޮންޓްރޯލު ރޫމަށް އައެވެ.
"ނުނަގާ ފޯނެއް" ރާދިންއަށް ބަލާލަމުން އަރްސަލް ބުނެލިއެވެ.
"މެސެޖުކޮށްބަލަ... ބުނޭ އެމަޖެންސީއެކޭ، އޭނާ ފޯނު ނިއްވައެއްނުލާނެ، ފޯނު ނަގަންދެން ގުޅަން ފެންނަނީ، ޒޭވިއާ ނިދާނީ ވެސް ފޯނު ރިންގު ޖައްސައިގެން، އޭނާއަށް އެންމެ ފަސޭހައިން މިކަން ވާނީ" ރާދިން ބުންޏެވެ. އެއާއެކު އޭނާ ބުނި ފަދައިން އަރްސަލް ކަންތައްކުރިއެވެ. ޒިވަން ފޯނަށް ޖަވާބުދެންދެން ގުޅިއެވެ. ކޮންޓްރޯލު ރޫމުގައި ހުރި ޑިއުޓީ އިންޗާޖަށް ރާދިން އިރުޝާދުދިނެވެ. އެއާއެކު ކެމެރާތައް މޮނިޓާކުރަން ފެށިއެވެ.
"އަރްސަލް" ރާދިން ދައްކާލީ އާންމު އެލެވޭޓާ ތެރޭގައި ހުރި ނިމްރާއެވެ. އެލެވޭޓާއިން ނުކުމެގެން އައިސް އޭނާ މަޑުކޮށްގެން ހުރި ތަނާއި ދުވެފައި ލޮބީ ހުރަސްކޮށް ހޮޓެލްގެ ގޭޓުން ނުކުތްތަނެވެ. ބޭސްމެންޓް ޕާކިން ސަރަޙައްދަށް ވަންތަން އެ ތަނުގައި ހުރި ކެމެރާއަށް އަރާފައި ހުއްޓެވެ. ހަމައެއާއެކު ޒިވަންއާ ދެ މީހުން މަޑުކޮށްގެން ތިބެފައި ޒިވަންއާއެކު އޭނާގެ ކާރަށް އަރައިގެން ދިޔަތަން ވެސް ހުރީ ރިކޯޑުވެފައެވެ.
"ޒިވަން... ކީއްވެ އޭނާއާއެކު ދާންވީ" އަރްސަލްއަށް ލިބުނީ ހައިރާންކަމެވެ. އޭނާ ރާދިންއަށް ބަލާލިއެވެ. އެއާއެކު އަރްސަލްގެ ކޮނޑުގައި ޖަހާލައި އޭނާ ގޮވައިގެން އެތަނުން ރާދިން ނުކުތެވެ.
* * * * *
ކާރުގެ ބިއްލޫރިގަނޑުން ޒިވަން ބޭރު ބަލާލިއެވެ. ފުސްވިލާތަކުން ދުނިޔެމަތި އޮތީ އަނދިރިވެފައެވެ. ބޯކޮށް ވެހެމުންދިޔަ ވިއްސާރަ ހުއްޓާ ނުލިޔަސް ތުނިކޮށްލައިފިއެވެ. ވައިބްރޭޓްވަމުންދިޔަ ފޯނަށް ޒިވަން ބަލާލިއެވެ. ފޯނަށް އައި މެސެޖު ވެސް އޭނާއަށް ފެނިއްޖެއެވެ. ހަދާނޭ ގޮތަކާމެދު ޒިވަން އިނީ ވިސްނާށެވެ.
"ނިމް، އައި ހޭވް ޓު ޓޭކް ދިސް" ޒިވަން ފޯނަށް އިޝާރާތްކުރާ ފަދައިން ބުނެލިއެވެ. ނިމްރާ އަނގައިން ނުބުންޏެވެ. އެހެންނަމަވެސް ޒިވަން ކާރުން ފޭބިއެވެ. ދޮރުފަތް ލައްޕާލައި ދެތިންފިޔަވަޅު ކާރާ ދުރަށް އަޅާލިއެވެ. އަދި މެދުނުކެނޑި އަންނަމުންދިޔަ އަރްސަލްގެ ކޯލަށް ޖަވާބުދިނެވެ.
"ކޮންތާކު؟" އަރްސަލްގެ ބާރު އަޑު އިވިގެންދިޔައެވެ.
"އަރްސަލް... ޝީ އިޒް ވިތް މީ" ޒިވަން މަޑުމަޑުން ބުނެލިއެވެ.
"ހަމަމިހާރު އޭނާ ގެނޭ" އަރްސަލް ކުރީ އަމުރެކެވެ.
"އައި ކާންޓް ޑޫ ދެޓް... އެކްޗުއަލީ އައި ވޯންޓް... ޝީ ނީޑް ޓައިމް، ޓައިމް ޓު ތިންކް" ޒިވަން ބުންޏެވެ.
"ޒޭ.ވި.އާ... ރައިޓް ނައު، އައި ވޯންޓް ހާ ހިއާ ވިތް މީ" އަރްސަލް ހަޅޭލަވައިގަތެވެ.
"ސޮރީ މޭން" ޒިވަން ފޯނުކޯލު ކަނޑާލީއެވެ. އެއްވެސް މީހަކަށްވުރެ ޒިވަންއަށް ނިމްރާ މުހިންމެވެ. މިވަގުތު އޭނާއަށް އެހީތެރިވެވޭނެ މީހަކީ ވެސް އޭނާއެވެ. ދުނިޔެއަށް އެ ދެމެދުގައި އޮތް ގުޅުން ސިއްރުވެފައި ވިޔަސް އެ ގުޅުމުގެ ޒިންމާ އަދާކުރަން ޒިވަން ފަސްޖެހޭކަށް ބޭނުމެއްނޫނެވެ. އަންހެންކޮއްކޮގެ ލޮލުން ކަރުނައަޅާތަން ދުށުމަކީ ޒިވަން ބަލަން ބޭނުންވި މަންޒަރެއްނޫނެވެ. ނިމްރާ ހިތުގައިޖެހި ރޯތަން ފެނުމުން ޚުދު ޒިވަންގެ ހިތުގައި ވެސް ވަނީ ރިހުމެއް އުފެދިފައެވެ. އެއްވެސް މީހެއްގެ ފަރާތުން އެ ކޮއްކޮއަށް އަނިޔާއެއްލިބޭކަށް އޭނާ ނޭދެއެވެ. އަރްސަލްއަކީ އޭނާ ވަރަށް އިތުބާރުކުރާ ރަޙުމަތްތެރިއެކެވެ. އެތައް ފަހަރެއްގެ މަތިން އަރްސަލްވަނީ ނިމްރާދެކެ ލޯބިވާކަން ޒިވަންގެ ގާތުގައި ހާމަކޮށްފައެވެ. ނިމްރާއާ ކައިވެނިކުރަން ބޭނުންވާކަމާއި ނިމްރާގެ ހަޔާތް އުފާވެރިކަމުން ފުރާލަދޭން ބޭނުންވާކަމަށް ބުނެފައެވެ. ފޯނު ޖީބަށް ލައި ޒިވަން ހަށިފުރާ ނޭވާއެއްލިއެވެ. ނިތްކުރީގައި ޝަހާދަތް އިނގިއްޔާއި މެދުއިނގިލި އެކުގައި ހާކާލަމުން ދެ ލޯ މަރާލިއެވެ.
"ވަޓްސް ގޮއިން އޮން" ޒިވަން އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. ކާރުގައި އިން ނިމްރާއަށް ޒިވަން ބަލާލިއެވެ. އިސްޖަހާލައިގެން އިނދެ ދެ ލޯ ފުހެމުން އޭނާ ދިޔައެވެ.
އެތައް އިރަކު ފޯނު ވައިބްރޭޓްވެފައި ހުއްޓުނުތާ އިރުކޮޅެއް ވެއްޖެކަން ނިމްރާއަށް އެނގުނެވެ. ދަބަހުގެ ތެރެއިން ފޯނުނަގައި އޭނާ ބަލާލިއެވެ. ތިރީސް މިސްކޯލު އަރްސަލްގެ ނަންބަރު އޮތްއިރު ހަ ފަހަރު ރާދިން ގުޅާފައި އޮތެވެ. އަރްސަލް ކޮށްފައި ހުރި މެސެޖުތައް ބަލާލުމުން އެންމެ ފަހު މެސެޖާ ހަމައަށް އައިއިރު އޭނާގެ މެސެޖުކުރުމުގައި ބޭނުންކޮށްފައި ހުރި ލަފުޒުތައް ބަދަލުވެ ހަރުކަށިވެފައި ހުރިވަރު ނިމްރާއަށް ފާހަގަވިއެވެ. ކާރުގެ ދޮރުހުޅުވާލި އަޑަށް ނިމްރާ ފޯނު ނިއްވާލިއެވެ. ޒިވަން ކާރަށް އަރައި ހަމަޖެހިލިއެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހީވަނީ ކޮންމެވެސް ފިކުރެއްގައި އިނީ ހެނެވެ.
އިރުއޮއްސެންވީއިރު ވަކިން ބޮޑަށް ދުނިޔެމަތި އަނދިރިކޮށްލައިފިއެވެ. ތުނިކޮށްލައިފައި އޮތް ވާރޭ ދުންފިނިން ކުރިމަތީގައިވާ އެއްޗެއް ނުފެންނަވަރަށް ވަނީ ބޯކޮށްލާފައެވެ. ނޭފަތްބެދި ނޭވާލާން އުނދަގޫވި ނިމްރާ އަނގައިން ނޭވަލަމުންދިޔައެވެ. ދެތުންފަތް ހިކެމުންދިޔަކަން އޭރު އިޙްސާސް ކުރެވެއެވެ. ނިތްކުރިއާއެކު ބޮލަށް ބަރުވަމުންދިޔައެވެ. އާދަޔާ ޚިލާފަށް ފިނިވާހެން ވެސް އޭނާއަށް ހީވިއެވެ. ގައިގާ ދެއަތް ވަށައިލާ ފަދައިން ހިފަހައްޓާލަމުން ކުރިއަށް ނިކަން ބޮޑަށް ގުދުވެލިއެވެ.
"އާ ޔޫ ފީލިންގް އޯކޭ" ޒިވަން އަހާލިއެވެ. އެއާއެކު ނިމްރާ ބޯޖަހާލިއެވެ.
"ނިމް، ވިލް ޔޫ ޓްރަސްޓް މީ" ޒިވަން އަހާލިއެވެ. ވަގުތުން ޖަވާބެއްދޭން ނިމްރާއަށް އުނދަގޫވިއެވެ.
"އައި ނޯ، އިތުބާރަކީ އެހާ ފަސޭހައިން ހޯދޭނޭ އެއްޗެއްނޫން، އެކަމަކު ޔަގީންކުރޭ، އަހަރެން ނިމްއަށް ދެރައެއްނުދޭނަން، އަރްސަލްއާއި ރާދިންއަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިން، ލައިކް ބްރަދާސް... އެކަން ބަދަލެއްނުވާނެ، ނިމްއަށް އިތުބާރުކުރަން ފަސޭހަނުވާނޭ ކަމެއް އެއީ، އަހަންނަށް އެނގޭ، ނިމް، ރަނިންގް އަވޭ ވޯންޓް ޑޫ އެނީ ގުޑް، އަރްސަލް ގާތުގައި ނިމް ބޭނުންވާ ގޮތް ނުބުނާހާ ހިނދަކު އޭނާ ފަހަތަކަށް ނުޖެހޭނެ، އޭނާ ބޭނުންވާކަމެއްކުރާނެ، ހީ އިޒް ލައިކް ދެޓް، ޖަސްޓް ޓެލް ހިމް، ހީ ވިލް ލިސްން، އައި ވިލް މޭކް ހިމް ލިސްން.... ޔޫ ހޭވް ޓު ގޯ ބެކް އެންޑް ޓެލް ހިމް އެވްރިތިންގް، ގޮތެއްނިންމާ" ޒިވަން ވާހަކަދެއްކީ ވަރަށް ވިސްނައިގެންނެވެ. ޚުދު އޭނާ ވެސް އިނީ އަރްސަލްއާއި ނިމްރާއާ ދެމެދުގައި ހިނގިކަމެއް އޮޅުންފިލުވަން ބޭނުންވެފައެވެ.
ނިމްރާ ވާހަކަނުދައްކާ ގިނައިރު ވާން ފެށުމުން ޒިވަން އޭނާއަށް ގޮވާލިއެވެ. ދެތިންފަހަރަށް ގޮވާލުމުން ވެސް ޚަބަރެއް ނުވުމުން ނިމްރާގެ ކޮނޑުގައި ޒިވަން އަތްޖައްސާލިއެވެ. ދެން ވެސް ނިމްރާ ހަރަކާތެއްނުކޮށްލުމުން ޒިވަން ހަލުވިކޮށް ކުރިއަށް ޖެހިލައި ނިމްރާ ތެދުކުރިވިއެވެ. އޭނާގެ މެރިވެފައިވާ ދެ ލޮލާއި ހުޅުވިފައިވާ އަނގަފެނުމުން ޒިވަން ކަންބޮޑުވިއެވެ.
"ޔޫ އާ ބާނިންގް އަޕް" ނިމްރާގެ ކޯތާފަތުގައި ޒިވަންގެ އަތްތިލަ ޖައްސާލި ހިނދު ހޫނުކަން އިޙްސާސް ކުރެވުނެވެ.
"އައި އޭމް... ޓަޔަޑް... ޒިވަން، ކުޑައިރުކޮޅަކު ނިދާލަން... ނިދާލަން ބޭނުންވަނީ" ލޯ މަރައިގެން އިން ނިމްރާގެ ކޯތާފަތުގައި ޒިވަންގެ އަތްތިލަ ޖެހުނުކަން އިޙްސާސް ކުރެވި ބުނެލިއެވެ.
"އޯކޭ... އޯކޭ... ލިޓްލްވަން... އައި ވިލް ޓޭކް ކެއާ އޮފް ޔޫ، ބަޓް ފަސްޓް، އައި ހޭވް ޓު ޓޭކް ޔޫ ބެކް ޓު ހިމް... އަންޓިލް ދެން ޖަސްޓް ޓޭކް އަ ނެޕް" ނިމްރާގެ ނިތްކުރީގައި ފިރުމާލައި އިސްތަށިގަނޑު ރީތިކޮށްދެމުން ޒިވަން މަޑުމަޑުން ބުނެލިއެވެ. އަދި ނިމްރާގެ ގޮނޑި ފަހަތަށް ޖައްސާލައި ތިރިކޮށްލިއެވެ. ލައިގެން އިން ބްލޭޒާ ބާލައި ނިމްރާގެ ގައިގާ އަޅާލުމަށްފަހު ކާރުގެ އޭސީ ޒިވަން ނިއްވާލިއެވެ.
ކާރުގައި އައިސް ސްކާލެޓް ގޮމަ ހޮޓެލްގެ ބޭސްމެންޓް ޕާކިން އޭރިއާއަށް ޒިވަން ވަނެވެ. ކާރު ޕާކުކޮށްފައި ފައިބައިގެން އައިސް ޑިކީގައި ހުރި ދަބަހެއް ހުޅުވާލިއެވެ. އޭގައި ހުރީ ޒިވަން ބޭނުންކުރާ އެއްޗިއްސެވެ. އޭގެތެރޭގައި އޮތް ހޫޑީ ނަގައިގެން އައިސް ނިމްރާ އިން ފަރާތުގެ ދޮރުފަތް ޒިވަން ހުޅުވާލިއެވެ. ނިމްރާގެ ގައިމަތީ އޮތް ބްލޭޒާ ނަގައި ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު އަތުގައި އޮތް ހޫޑީ ނިމްރާ ލެއްވިއެވެ. އަދި އޭނާގެ ބޯ އެއްކޮށް ނިވާކޮށްލިއެވެ. ހޮޓެލްއަށް ވަދެގެންދާއިރު އެއީ ނިމްރާކަން އެނގެން ޒިވަން ބޭނުންނުވީއެވެ. އުނދަގޫ ގޮތަކަށް ނޭވާލަމުންދިޔަ ނިމްރާގެ ކަކޫކައިރިންނާއި އަތުގައި ހަންމެށި ލޭ އައިސްފައި ހުރިތަން ޒިވަންގެ ލޮލުގައި އަޅައިގަތީ ދެނެވެ. އަވަހަށް ނިމްރާ އަތްދަނޑި މައްޗަށް ލައިގެން ތެދުވުމާއެކު އެއްފައިން ޖަހާ ކާރުގެ ދޮރުފަތް ލައްޕާލިއެވެ. އަދި އޭނާ ހޮޓެލަށް ވަންނަން އައެވެ.
"އައި ހޭޓް ޔޫ... އިޓް ހާޓްސް" އެލެވޭޓާއަށް އެރިވަގުތު ނިމްރާ ވައިއަޑުން ބުނެލިއެވެ.
"އައި ނޯ ޔޫ ލަވް ހިމް، ހީ ލަވްސް ޔޫ ޓޫ، މައި ގަޓް ސޭސް ހީ ވޯންޓް ބިޓްރޭ ޔޫ، އެވްރިތިންގްސް ގޮއިން ޓު ބީ އޯލްރައިޓް، ޔޯ ބްރަދާ ވިލް މޭކް އިޓް ރައިޓް ފޯ ޔޫ، ޑޯންޓް ވޮރީ ލިޓްލް ވަން" ނިމްރާގެ ނިތްކުރީގައި ޒިވަން ބޮސްދިނެވެ.
ޕެންޓްހައުސް އެޕާޓްމެންޓާ ހަމައަށް އާދެވުމާއެކު ޒިވަން މަޑެއްނުކުރިއެވެ. ވަގުތުން ކޯޑުޖަހައި އެޕާޓްމެންޓުގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ. އެއާއެކު ސޯފާގައި ތިބި އަރްސަލްއާއި ރާދިން ފެނުނެވެ. އެ މީހުން ވަގުތުން ކޮޅަށް ތެދުވީ ޒިވަންއާ ކުރިމަތިލާށެވެ.
"ވަޓް ޑިޑް ޔޫ ޑޫ ޓު ހާ" އަރްސަލްގެ ދެ ލޯ ބޮޑުވެގެންދިޔައެވެ. ކަޅުކުލައިގެ ހޫޑީއެއްގެ ތެރޭގައި ފޮރުވާލައިފައި އޮތް ނިމްރާގެ މޫނު އަރްސަލްއަށް ފެންނަނީ ވަރަށް ކުޑަކޮށެވެ. ނިމްރާގެ ކަކޫކައިރިން ހެދުމުގައި ލޭހެކިފައި ހުރިތަން ފެނުމާއެކު ނިމްރާގެ ފައިގައި އޮތް ހަލާކުވެފައިވާ ބޫޓުކިބަ ވެސް އަރްސަލްގެ ލޮލުގައި އަޅައިގަތެވެ. (ނުނިމޭ)