ވިޔަފާރި

އަހަރުގެ ފަހުކޮޅަށް: ރާއްޖޭގެ އޮކިއުޕެންސީ 63 ޕަސެންޓުގައި!

Oct 6, 2018
6
ހުޅުލެ 10، ސެޕްޓެމްބަރު 2018: ރާއްޖެއަށް އައި ޓޫރިސްޓުން ވީއައިއޭގައި: މި އަހަރު އައި ޓޫރިސްޓުންގެ އަދަދު ވަނީ މިލިއަނަކަށް އަރާފައި- ފޮޓޯ: މުހައްމަދު އަފްރާހު| އަވަސް
0%
0%
0%

އަހަރު ނިމެން ކައިރިވެފައިވާއިރު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީ ހުރީ 63 ޕަސެންޓުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ރާއްޖޭގެ އޮކިއުޕެންސީ ހުރީ 74 ޕަސެންޓުގަ އެވެ. އަދި މި އަހަރު އޮކިއުޕެންސީ އެންމެ މަތިވެފައިވަނީ 81 ޕަސެންޓުގަ އެވެ. އަދި މި އަހަރު އޮކިއުޕެންސީ އެންމެ ދަށްވެފައިވަނީ 44 ޕަސެންޓަށެވެ.

މި ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހާ ހަމައަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވަނީ 6،270،308 ދުވަހެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާނަމަ 12 ޕަސެންޓް އިތުރުވުމެކެވެ. އަދި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ހޭދަކޮށްފައިވަނީ 6.4 ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 972,839 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 892,025 މީހުންނާ އަޅާ ބަލާއިރު 9.1 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހު 123,992 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އައި 121,310 މީހުންނާ އަޅާ ބަލާއިރު 2.2 ޕަސެންޓުގެ އިތުރު ވުމެކެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަމެ

ސުކުރިއްޔާ ރައީސް ޔާމީން ތީ 💯 ގެ ވެރިއެއް.

ލަކޫ

ރަންބިސް އަޅާ ކުކުޅު އިތުރު ވީމަ ހުރިހާ މީހުންގެ ޖީބް މުއްސަދިވާނެ ޖީބު ތަނަވަސްވާނެ ހުރިހާ ޓުވިޓަރޭމެންވެސް ބަލަންވީ ކަމަކީ ރަންބިސް އަޅާ ކުކުޅު އޮޅުކޮށްގެން ގެންގުޅެވޭނެ ގޮތެއްހޯދުން !

ސަމާއާދަނު ލާރިބެހި

ރަންބިސް އަޅާ ކުކުޅު ގިނަކުރެވޭތޯ ބަލަންވީ

ފެނޭދޯ

ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ މުންކަރާތޭ ދަ ވޯޓްވަގޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

ފެނޭތޭ

ފެނޭތޭ....އެއީކޯޗެއް...

ނިފޫ

ތޭންކްސް އިބޫ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910